ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި އިޓާލީގެ ނަޕޯލީ އާއި އިނގިރޭސި ވިލާތުގެ އާސެނަލް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އާސެނަލްއިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އާސެނަލް ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ ނަޕޯލީ އަތުން 1-0 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައިގެންނެވެ.
ރޭގެ މެޗުގައި އާސެނަލް އަދި ނަޕޯލީގެ ފަރާތުން ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އާސެނަލަށް ހަމައެކަނި ގޯލް 36 ވަނަ މިނެޓުގައި ޖެހީ އެލެކްސެންޑާ ލަކަޒޭ އެވެ.
ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މެޗުގައި ކުޅުންތެރިން ދައްކާފައިވަނީ އާދަޔާއި ހިލާފު މޮޅު ކުޅުމެއް ކަމަށާއި ބޭނުންވި ގޮތަށް ކުޅުންތެރިން ރަނގަޅު ޑިވެންސިވް ގޭމް ކުޅުމުން ކުޅުންތެރިންނާއި މެދު ފަހުރުވެރިވާކަމަށެވެ.
އެމާރީ ބުނީ ސެމީފައިނަލްގައި ކޮންމެ ބަޔަކާއި ކުޅެން ޖެހުނު ނަމަވެސް މައްސަލެއް ނެތްކަމަށާއި މިވަރުގެ މުބާރާތެއްގެ ސެމީގައި ފަސޭހަތް މެޗެއް ނުލިބޭނެކަމަށެވެ.
ސެމީ ފައިނަލުގައި އާސެނަލާއި ވެލެންސިއާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު މިދެޓީމް ބައްދަލު ކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެރެ އެވެ.