English Edition
Dhivehi Edition

ސްޓްރެޗް މާކަކީ ހަންގަނޑުގެ ޝޭޕް ބަދަލުވުމުން ދިމާވާ މައްސަލައެކެވެ. އެގޮތުން މީހާ ފަލަވުމާއި ހިކުމުން ހަންގަނޑަށް އަންނަ ބަދަލުތަކުން ސްޓްރެޗްމާކް ގައިގެ އެކި ދިމަދިމާލުގައި ލައެވެ. އާންމު ގޮތެއްގައި ސްޓްރެޗް މާކްލަނީ ކަކުލުގައި، އަތުގައި އާއިބަނޑުގެ އިތުރުން ހަށިގަނޑުގެ އެހެނިހެން ދިމަދިމާލުގައެވެ.

އާންމުގޮތެއްގައި ސްޓްރެޗްމާކަކީ ހަށިގަނޑުގައި ލުމަށްފަހު ފަސޭހަކަމާއެކު ނައްތާލެވޭ އެއްޗެއްނޫނެވެ.ސްޓްރެޗްމާކް ހަށިގަނޑުގައި ލާން ފަށަނީ ހެދިބޮޑުވެގެން އަންން ދުވަސް ވަރުގައިޔާއި މާބަނޑު ދުވަސްވަރުގައެވެ. އެހެން ނަމަވެސް ސްޓްރެޗްމާކު ލިޔަނުދޭން ބައެއްކަހަލަ އެކަމަށް ހާއްސަ ކްރީމްފަދަ ތަކެތި ބޭނުން ކުރުމުން މިކަންތަކުން ހަންގަނޑު ސަލާމަތް ވެއެވެ.

ތިރީގައި މިވަނީ ސްޓްރެޗްމާކް ފިލިވުމަށް ގޭގައި އަމިއްލައަށް ތައްޔާރުކުރެވިދާނެ ބައެއް ރެމެޑީސްތަކެވެ.

ކާށިތެޔޮ

ކާށިތެލަކީ ސްޓްރެޗްމާކް ފިލުވުމަށް ބޭނުން ކުރަން އެންމެ ރަނގަޅު އެއްބާވަތް ކަމަށް ދިރާސާތަކުން ދައްކައެވެ. މިދިރާސާތަކުގައި ބުނެފައިވާގޮތުގައި ކާށިތެލުގައި ހިމެނޭ މާއްދާތަކަކީ އެންމެ އަވަހަށް ސްޓްރެޗްމާކް ފިލާ އަދި ފާރު ރަނަގޅުކޮށްދޭ އެއްޗެކެވެ. އެހެންކަމުން 100% ވާޖިން ކޮކްނަޓް އޮއިލް ހަށިގަނޑުގައި ހުންނަ ސްޓްރެޗްމާކް ތަކުގައި އުނގުޅާށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައިދާނެއެވެ.

އަލޮވެރާ

އަލޮވެރާއަކީ ހަމައެކަނި ހަނގަނޑު އޮމާންކޮށްދޭ އެއްޗެއްނޫނެވެ. އަލޮވެރާ ޖެލްގައި ހިމެނޭ ގުލްކޮމަނަން އަދި ގިބެރެލިން އިން ސްޓްރެޗްމާކް ފޭޑްވެ ފިލައިގެން ދެއެވެ. އަލޮވެރާ ފަތުން ޖެލް ނެގުމަށްފަހު ވިޓަމިން”އޭ” އަދި “އީ” ކެޕްސިއުލް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްފައި ސްޓްރެޗްމާކް ތަކުގައި އުނގުޅާށެވެ.

ހަކުރު

ހަކުރަކީ ވަރަށް ކުރީއްސުރެ ކްލިނިކަލީ ގޮތުން ސްޓްރެޗްމާކް ފޮހެލުމަށް ބޭނުންކުރާ އެއްޗެކެވެ. 1/4 ޖޯޑު ހަކުރަށް އަލްމޮންޑް އޮއިލް ނުވަތަ ކާށިތެޔޮ އަދި ލުނބޯހުތް އެޅުމަށް ފަހު ރަނގަޅަށް މިކްސްކޮށް ޕޭސްޓް ތައްޔާރު ކުރާށެވެ. މި ޕޭސްޓް ސްޓްރެޗްމާކް ގައި އުނގުޅާފައި 8-10މިނެޓެ ވަންދެން މަސާޖް ކުރަންވާނެއެވެ. ހަފްތާއަކު 3 ދުވަހު މި ރެމެޑީބޭނުން ކޮށްލަން ވާނެއެވެ.

ކާސްޓަރ އޮއިލް

ކާސްޓަރ އޮއިލްގައި ހިމެނޭ ރިސިނޮލިކް އެސިޑްއަކީ އިސްތަށިފޭބުމަށް ފަރުވާ އެއްގެ އިތުރުން ސްޓްރެޗްމާކް ފިލުވުމަށް ދެވޭވަރަށް ރަނގަޅު ފަރުވާއެކެވެ. އެހެންކަމުން ކާސްޓަރ އޮއިލް ކުޑަކޮށް ހޫނުކޮށްލުމަށްފަހު ސްޓެރެޗްމާކްގައި އުގުޅާފައި 20-15 މިނެޓްވަންދެން މަސާޖްކުރާށެވެ.