ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.
މިހާރު އައްޑޫގައި ކުރިއަށްދާ “މަމެން އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތު” ގެ 12 އަހަރުން ދަށުގެ އުމުރުފުރައިގައި ފޭދޫސްކޫލާއި ބައްދަލުކުރި މެޗް ހުޅުދޫސްކޫލް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭދިއަމްގައި ކުޅުނު މި މެޗް ހުޅުދޫ ސްކޫލް ކާމިޔާބު ކުރީ 1-3 ން ކުރި ހޯދައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-2ގެ ނަތީޖާއަކުންނެވެ.މި ހާފުގައި ހުޅުދޫސްކޫލްގެ ޓީމުން ލަޑުޖެހީ މުހައްމަދު ޒާހިލް ސަމީއާއި އަލީޔަޒަން މުހައްމަދު ނާސިރެވެ.
ދެ ސްކޫލުންވެސް ވަރަށް ރީތި އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ގެ ދެވަނަ ހާފްގައި ހުޅުދޫސްކޫލްގެ ޓީމުން ލަޑުޖެހީ މުހައްދަމު މާއިޒު މުޖުތަބާ މުހައްދު ދިދީއެވެ.
މަމެން އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ މަޤުސަދަކީ ، ދަރިވަރުންގެ މެދުގައި އެކުވެރިކަން އަލާކޮށް ފުޓްބޯޅައިގެ ހުނަރު ދަރިވަރުނަށް ދަސްކޮށް ދިނުމާއެކު އައްޑޫސިޓީގެ ފުޓްބޯޅަ ކުރިއެރުވުމެވެ.
ހުޅުދޫސްކޫލް ޓީމްގެ އުއްމީދަކީ، މި މުބާރާތުގައި މޮޅު ކުޅުމެއްދައްކާ ސެމީ ފައިނަލުން ޖާގަ ހޯދުންކަމަށް ޓީމްގެ މެނޭޖަރ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.އަދި ޓީމްގެ ހުރިހާ ކުޅުންތެރިންގެ އުއްމީދަކީވެސް މިއެވެ.