English Edition
Dhivehi Edition

ކަފަބުރުން ކަންފަތް ސާފުކުރުމަކީ އަހަރަމެން ދިވެހީންވެސް ވަރަށް ގަޔާވެގެން ކުރާކަމެކެވެ.

މިއީ ކިތަންމެ ގަޔާވެގެން ކުރާކަމެއް ކަމަށްވިޔަސް ވަރަށްފަހުންވެސް ޑޮކްޓަރުން ވަނީ އެއީ އެހާ ރަނގަޅު ކަމެއްނޫން ކަމަށް ބުނެފައެވެ. އެމެރިކާގެ ‘އެކަޑަމީ އޮފް އޮޓޯލެރިންގޮލޮޖީ’ އިން ދާދި ފަހުންވަނީ ކަންފަތް ބަލަހައްޓާނެ ގޮތުގެ އިރުޝާދުތަކެއް ލިޔެ ޝާއިއު ކޮށްފައެވެ. އޭގައި ބުނެފައިވަނީ ކަންފަތް ސާފުކުރަން ކަފަބުރު ފަދަ އެއްޗެހި ކޮއްޕުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

އޭގައި ބުނެފައިވާ ގޮތުން ކަންފަތަށް އެއްޗެއް ކޮއްޕައިގެން ސާފު ކުރަން އުޅޭ އިރު ކަންކުނި )ކަންފަތު މަޑު) އެތެރެއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި މިހެން ވުމުން ކަންފަތް ބައްވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަހަރެމެންގެ ހައްދަވާފައިވަނީ ކަންކުނި އޭގެ އަމިއްލަ ޒާތުގައި ބޭވާގޮތަށެވެ.

ކަންފަތުގައި ކަންކުނި އުފެދުމުން އެއިން އަހަރެމެންނަށްވާ ފައިދާވެސް އެބަހުއްޓެވެ. އެގޮތުން ކަންފަތުގެ އެތެރެ ހިކުމާއި، ކަންފަތުގައި ގުދުރަތީ ގޮތުން ދާހިއްލާ އެ ބޭރުވުމުގައި ކަންކުނި އެހީ ވެދެއެވެ. މީގެ އިތުރަށް ކަންފަތުގެ އެތެރެއަށް ހިރަފުސް ފަދަ އެއްޗެހި ވަނުން ކޮންޓްރޯލް ކުރެއެވެ.
އަހަރެމެންގެ ދަތްދޮޅީގެ ހަރަކާތްތަކުގެ ސަބަބުން ގުދުރަތީ ގޮތުން ކަންކުނި ބޭރުވެއެވެ. ނަމަވެސް މިގޮތަށް މިކަންނުވާ ފަހަރުވެސް އާދެއެވެ. ދުނިޔޭގެ ކޮންމެ 10 ކުދިންގެ ތެރެއިން 1 ކުއްޖެއްގެ މިނިޒާމް ރަނގަޅަށް މަސައްކަތް ނުކުރެއެވެ. އަދި ކޮންމެ މީހުންގެ ތެރެއިން އެކެއްގެ މިނިޒާމު ރަނގަޅަށް މަސަތްކަތް ނުކުރެއެވެ. މި ފަދަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދިޔުމެވެ.

“ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ކަންފަތަށް އެކި އެއްޗެހި ކޮއްޕައިގެން ކަންކުނި ސާފު ކުރަން އުޅުމުން ކަންކުނި ޖަމާވުން ދުރުވޭ. ނަމަވެސް މި ގޮތަށް އަމަލު ކުރުމުން ކަންކުނި ކަންފަތުގެ އިތުރަށް އެތެރެއަށްދޭ. އަދި ކަންފަތް ބެދުމުގެ ފުރުސަތު ބޮޑުވޭ،” އެކަޑަމީގެ ގައިޑްލައިން ހެދުމަށް ހަވާލުވި ގްރޫޕުގައި އިސްކޮށް އުޅުނު ސެތު ޝްވާޓްޒް ބުނެފައިވެއެވެ.

ޑޮކްޓަރުން ލަފާދޭ ގޮތުގައި ކަންފަތުގައި ކަންކުނި ގިނަވާ ކަމަށް ނުވަތަ އަޑު އިވުމުގެ މައްސަލައެއް ދިމާވާނަމަ ނުވަތަ ކަންފަތް ގުގުމާ ކަހަލަ އަޑެއް އިވޭނަމަ ޑޮކްޓަރަށް ދެއްކުން މުހިންމެވެ. މިއީ އަލަށް ބަޔަކުދޭ ލަފައެއްނޫނެވެ. ތަޖުރިބާކާރުން މި ގޮތަށް ލަފާދޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ކަފަބުރުގެ ބޭނުންވެސް އޮވެއެވެ. އެހެންނަމަވެސް ކަންފަތް ސާފުކުރުމަކީ އޭގެ ބޭނުމެއް ނޫނެވެ.