ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.
ހުޅުދޫ ސްކޫލްގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
ނެޓްބޯޅައިގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަށާއި ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތުގެ މުހިިއްމުކަން ހާމަ ކޮށްދިނުމުގެ މަޤުސަދުގައި ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތް މިހަފުތާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި މުބާރާތް އިންތިޒާމު ކުރެވިފައިވާ ގޮތުން ، މުބާރާތް ނިމޭއިރު ބައިވެރިވުމުގެ ފުރުސަތު ނުލިބޭ އެއްވެސް އަންހެންކުއްޖެއް ނުހުންނާނެކަމަށް މުބާރާތް އިންތިޒާމް ކުރެއްވި ލީޑިންގ ޓީޗަރ ހައްވާ ޒާހިރާ ވިދާޅުވިއެވެ.
މި މުބާރާތުގެ އުމުރުފުރާ ބަހާލެވިފައިވަނީ ކީސްޓޭޖްތަކަށް ބަހާލެވިގެންނެވެ. އެގޮތުން އުމުރު ފުރާ ބަހާލެވިފައިވާ ގޮތަކީ، ކީސްޓެޖް – 1 ( 9 އަހަރުން ދަށް ) ކީސްޓޭޖް – 2 ( 12 އަހަރުންދަށް ) އެވެ.
މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާވެ ނެޓްބޯޅައިގެ ހުނަރު އިތުރުވެގެންދާނެކަން ކަށަވަރެވެ.