English Edition
Dhivehi Edition

ދާދި ފަހުން ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ފެތުރިގެން ދިޔަ އެއްވާހަކައަކީ ނިއުޓެލާ، އިން ކެންސަރަށް މަގުފަހިވާ ކަމުގެ ވާހަކައެވެ. ނަމަވެސް އިޓަލީގެ ‘ފެރާރޯ’ ކުންފުނިން މިކަން ދޮގުކުރެއެވެ.

މިގޮތަށް މިޚަބަރު ފެތުރިގެން ދިޔައީ މި ދިޔައަހަރު މެއިމަހު ‘ޔޫރަޕިއަން ފޫޑް ސޭފްޓީ އޮތޯރިޓީ’، (އީއެފްއެސްއޭ) އިން ކުރި ދިރާސާއަކަށް ބިނާ ކޮށެވެ. ނަމަވެސް އެ ދިރާސާގައި ބުނެފައިވަނީ، ނިއުޓެލާ އުފެއްދުމަށް ބޭނުންކުރާ މައިގަނޑު އެއްބާވަތް ކަމަށްވާ ޕާމް އޮއިލް، ގަދަ ހޫނުގައި ސާފުކުރާއިރު ކެންސަރަށް މަގުފަހިވާ ކެމިކަލް ބޭރުވާ ކަމަށެވެ. ޕާމް އޮއިލް އަކީ ޕާމް ގަހުގެ އަޅާ މޭވާއިން ނެރޭ އެއްޗެކެވެ. މިއީ ވަރަށް ގިނަ ކާނާ ތަކުގައި ބޭނުން ކުރާ ބާވަތެކެވެ.

މި ދިރާސާގައި ބުނާ ގޮތުން ޕާމް އޮއިލް ސާފުކުރުމުގައި 200 ޑިގްރީއަށް ހޫނު ކުރުމުން ‘ގްލައިސިޑައިލް ފެޓީ އެސްޓާރސް’ ނުވަތަ ޖީ.އީ ބޭރުވާ މިންވަރު ބޮޑު ކަމަށެވެ. ކުރިން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ޖީ.އީ ގެ ސަބަބުން މިދާ ތަކުގައި ޓިއުމަރު އުފެދިފައެވެ. މިކަމުގެ ސަބަބުން އީއެފްއެސްއޭ އިން ވަނީ މިއީ ކުޑަކުދިން އަދި ބޮޑެތި މީހުންނަށް ވެސް ހުރީ ސިއްހީގޮތުން ނުރަށްކާތެރި އެއްޗެއް ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އިންސާނުންނަކީ މީދާތަކެއް ނޫނެވެ. އެހެން ކަމުން މީގެ އަސަރު އިންސާނާއަށް ކުރާގޮތް ތަފާތުވުން އެކަށީގެން ވެއެވެ.

އީއެފްއެސްއޭ ގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ އެމީހުންގެ ދިރާސާއަކުން އިންސާނުންނަށް ޖީ.އީ އިން ކުރާ ސީދާ އަސަރެއް ދެނެގަނެވިފައި ނެތްކަމަށެވެ. އެމީހުން ނިންމުންތައް ނިންމާފައި ވަނީ ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާ ކޮށެވެ. އެމީހުންގެ ދިރާސާއަކީ އެނާ ބުނިގޮތުގައި ޕާމް އޮއިލްގެ ސަލާމަތްތެރިކަން ބެލުމަށްކުރި ދިރާސާއެއް ނޫންކަމަށެވެ. އެއީ އެއްވެސް ވެޖިޓަބްލް އޮއިލް އެއް ސާފުކުރުމުގައި އޭގައި ސިއްޙަތަށް ގެއްލުންވާ ފަދަ މާއްދާއެއް އެކުލެވޭތޯ ބެލުމަށް ކުރި ދިރާސާއެއް ކަމުގައެވެ.

ޕާމް އޮއިލް ގައި ޖީ.އީ ހުންނަ މިންވަރު 2010 އަކައީ 2015 އާއި ދެމެދު ދެބައިކުޅަ އެއްބައި ދައްވެފައިވާ ކަމަށް އީއެފްއެސްއޭ އިން ބުނެއެވެ. މީގެ ސަބަބަކީ ކުންފުނިތަކުން ޖީ.އީ މަދު ކުރުމަށް ފިޔަވަޅު އެޅުމެވެ.
މިކަމާ ގުޅުގެން ނިއުޓެލާ އުފައްދާ ފެރާރޯ ކުންފުނިން ބުނެފައި ވަނީ ނިއުޓެލާގައި ޕާމް އޮއިލް ގެ ބަދަލުގައި އެހެން މާއްދާއެއް ބޭނުން ކޮށްފިނަމަ އޭގެ ކޮލިޓީ ނުހިފެހެއްޓޭނެ ކަމުގައެވެ. ރޮއިޓާރސް އިން ލަފާ ކުރާ ގޮތުގައި ޕާމް އޮއިލް ބަދަލު ކޮށްފިނަމަ ކޮންމެ ފަހަރަކު ފެރާރޯ ކުންފުނިން 8 މިލިއަނާ 22 މިލިއަން ޑޮލަރުގެ އިތުރު ޚަރަދު ކުރަން ޖެހޭނެއެވެ.

ފެރާރޯ ކުންފުނިން ރޮއިޓާރސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެމީހުން ޕާމް އޮއިލް ސާފް ކުރަނީ ކިރިއާ 200 ޑްގްރީ ހޫނުމިނުގައެވެ. އެހެން ކަމުން ޖީ.އީ މިންވަރު ދަށްވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ނިއުޓެލާގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް ހަބަރު ފެތުރިގެން ދިޔަނަމަވެސް އެއީ އޭގައި އެހާ ރަނގަޅު ދިރާސާއެއް އަދި ކުރެވިފައި ނުވާ ވާހަކަތަކެވެ. އެހެން ކަމުން މިގޮތަށް މިކަން ދިމާވުމުގެ ފުރުސަތު ވަރަށް ވެސް ކުޑައެވެ.