މިހާތަނަށް މިބިންމަތީގައިވާ އެންމެ ވަރުގަދަ މާއްދާގެ ގޮތުގައި ބެލެވިފައި އޮތީ ކާބަން އެވެ. އެއީ ވަކި އުސޫލެއްގެ މަތިން އެމާއްދާ ތަރުތީބު ކުރެވިގެންނެވެ. އެގޮތުން ގްރެފޭން އަކީ އެއުސޫލުން އުފެދިފައިވާ އެންމެ ވަރުގަދަ މެޓީރިއަލްއެވެ. ގްރެފޭންގައި ކާބަން ޒައްރާ ޝީޓުތައް އަތުރާލާވައި އޮންނަނީ ދެ ޑައިމެންޝަނަކަށެވެ.
އެހެނަސް މީގެއިންވެސް އުނދަގޫތަކާއި ދިމާވެއެވެ. އެއީ ގްރެފޭން ބޭނުންކޮށްގެން އެއްވެސް ހާލެއްގައި ތިން ޑައިމެންޝަނަލް އެއްޗެއް އުފެއްދުމަކީ ނާދިރުކަމެކެވެ.
މިހާރު ދިރާސާ ކުރާފަރާތްތަކުންވަނީ ގްރަފޭންއަށްވުރެ ލުއި އަދި މާވަރު ގަދަ މެޓީރިއަލްއެއް އުފައްދާފައެވެ. މިއުފެއްދުމަށް ބޭނުން ކުރެވުނީ ކުދިކުދި ގްރެފޭން ފްލޭކްތަކެވެ. މިފްލޭކްސް މެޝްއެއްގެ ގޮތަށް ތަރުތީބު ކޮށްލުމުން ގްރެފޭންއަށްވުރެ ވާބޮޑަށް ވަރުގަދަވެފައި އަދި ލުއިއެވެ.
ދިރާސާ ކުރާމީހުން މިތަހުލީލު ކޮށްފައިވަނީ ތްރީޑީ ޕްރިން މޮޑެލްއެއް ބޭނުންކޮށްގެންނެވެ. މިތަހުލީލުގެ ނަތީޖާ ދެއްކި ގޮތުން އަލަށް އީޖާދު ކުރެވުން މެޓީރިއަލް ވެގެންގޮސްފައިވަނީ ދަނގަޑަށް ވުރެން ދިހަގުނަ ވަރުގަދަ އެއްޗެއްގެ ގޮތުގައެވެ. އަދި އޭގެ ޑެންސިޓީ އަކީ ދަގަނޑުގެ ޑެންސިޓީގެ 5 އިން ސައްތައެވެ.
އަލަށް މި ހޯދާގަނެވުނު އައު މެޓީރިއަލް، ޕޮލިމާ އަދި ދަނގަޑުގެ ކޮންމެ އެއްޗަކާއެކު ބޭނުން ކުރެވިދާނެ ކަމަށް އެމްއައިޓީގެ ޑިޕާޓްމެންޓް އޮފް ސިވިލް އެންޑް އެންވަޔަރޮމެންޓް އިންޖިނިއަރިން އަދި މެކަފީގެ ޕްރޮފެސާ އޮފް އިންޖިނިއަރިން މާކޫސް ބޫލާވަނީ ވިދާޅުވެފައެވެ.
މި އީޖާދު ކުރެވުނު މެޓީރިއަލްއަކީ ކޮންމެ ކަމަކަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ބްރިޖްތަކުގެ އަޅާ ޚާއްސަ ކޮންކްރީޓް ޝީޓް ނުވަތަ ދަގަނޑު ފިލާތަކުގެ ބަދަލުގައިވެސް މި ބޭނުން ކުރެވިދާނެއެވެ.
އިމާރަތް ކުރުމަށާއި އަދި ފިލްޓަރޭޝަން ޕްރޮސެސްގައިވެސް މިމާއްދާ ބޭނުން ކުރެވިދާނެ ކަމަށް ޕްރޮފެސާ ވިދާޅުވެއެވެ.