English Edition
Dhivehi Edition

ޒަމާނުއްސުރެން ރާއްޖޭގޭ ޖަލުތަކުގެ ޙާލަތު ވަނީ ވަރަށްވެސް ދަށް ކޮށް ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދު ތަކުގެތެރޭގައި ހިމެނިގެން ، ޖަލުތަކުގެ ޙާލަތު ދެނަގަތުމަށް އުފެއްދި ކޮމިޝަނުގެ އޮޑިޓް ރިޕޯރޓް ނިއްމާ ، އެ ރިޕޯރޓް ޙަވާލު ކުރުމަށް ކޮމިޝަނުން މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިމައްސައްކަތަކީ އޭގެ ޒާތުގައި ގޮން ޖެހުންތަކާއި ދަތި ތަކެއް ހުރި ކަމެއްކަމަށާއި، މިރިޕޯޓަކީ ފޮތް ހަރުގަނޑަށް ދޫކޮށްލެވޭ ފޮތެއްގެ ގޮތުގައި ދޫ ކޮށް ނުލާނެ ކަމަށާއި ،މި ރިޕޯރޓްގައި ހުރި ކަންކަމަށް ބަލައި ޖަލުތައް ރަނގަޅު ކުރުމުގެ މައިގަނޑު އަސާސަކީ މިރިޕޯރޓް ކަމުގައި ހަދާނެ ކަމަށެވެ.

ރިޕޯރޓާއި ގުޅެ ގޮތުން ކޮމިޝަންގެ މެމްބަރު އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ 390 ޞަފްހާގެ މައްޗަށް އެކުލެވޭ ރިޕޯރޓްގައި 182 ހުށައެޅުމެއް ވާނެކަމަށެވެ. ދައުލަތުގެ ކެޕޭސިޓީއަށް ވުރެން އިތުރަށް މީހުން ބަލަހައްޓަން ޖެހިފައިވާ ކަމީ ދިމާވެފައިވަ އެއްމެ ބޮޑުގޮން ޖެހުން ކަމަށްވެސް ކޮމިޝަނުގެ މެމްބަރ ވިދާޅުވިއެެވެ.

ކޮމިޝަނުގެ ބޭފުޅުން އެދި ލެއްވި ފަދައިން މި ރިޕޯރޓް ރައްޔިތުންނަށް ޢާއްމު ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.