English Edition
Dhivehi Edition

ބިލިމަގު ތިޔައުކާލަނީ އޭގެ ފައިދާ ނޭނގޭތީ ހެއްޔެވެ؟ އެހެންނޫނީ ހަމަ އެނގިހުރެ ހެއްޔެވެ؟

ދޮންވެ ފައްކާވުމުން ގަސްދޮށަށް ވެއްޓޭ، ބިލިމަގު ކުންޏާއެކު އުކާލުމަކީ ހެޔޮވާނެ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ ފައިދާ ބޮޑު އެއްޗެކެވެ. އެހެން ކަމުން އޭގެ ފައިދާ ދެނެގަންނާށެވެ. އޭގެ ބޭނުންކުރަން ދަސްކުރާށެވެ.

ކެއްސުން ރަނގަޅުކުރުމަށް

ކެއްސުމަކީ ގިނަފަހަރަށް އިންސާނާއަށް އޭގެ ސަބަބުން އެތަކެއް އުނދަގު ތަކަކާއި ވޭނެއް ތަހައްމަލް ކުރަންޖެހޭ ކަމެކެވެ. މާގަދައަށް ކެއްސާ އުނދަގޫވާނަމަ ދަވިއްގަނދު ކޮޅެއްގެ ތެރެއަށް ކޮށާފައިހުރި ބިލިމަގު ކޮޅަކާއި ރަހަލާވަރަށް ހަކުރު ކޮޅެއް އަޅާލުމަށްފަހު ކައްކާލާށެވެ. އެއަށްފަހު ހެނދުނު ހުސްބަނޑާހުރެ އެއްބައި ބޯލާށެވެ. އަނެއްބައި ހަވީރު ބޯލާށެވެ. މިއީ ކެއްސުމަށް އޮތް ރަނގަޅު ފަރުވާ އެކެވެ.
ހަކުރުބަލީގެ ފަރުވާ

ހަކުރު ބައްޔަކީ، ފަހަކަށް އައިސް މީހުންގެ ތެރޭގައި އާންމު ވެފައިވާ ބައްޔެކެވެ. ބިލިމަގަކީ ހަކުރު ބަލީގެ މީހުންނަށް ދޭން ރަނގަޅު ފަރުވާއެކެވެ. އެގޮތުން ބިލިމަގު ޗަސްކޮށްލުމަށްފަހު ފެންއަޅާ ރަނގަޅަށް ކައްކާލުމަށްފަހު އެ ފެން ދުވާލަކު ދެފަހަރު ބޯލުމުން ހަކުރުބައްޔަށް ފަރުވާލިބޭ ކަމަށްވެއެވެ.

އޮށާޅައިގެ ފަރުވާ
މޫނުގައި އޮށާޅަނަގާތީ ކުރާޝަކުވާ ގިނައެވެ. ޚާއްސަކޮށް ޖިންސުއްލަތީފުންގެ މެދުގައެވެ. މިކަމަށް ފަރުވާ ބޭނުން ނަމަ ޗަސްކޮށްފައި ހުރި ބިލިމަގު ކޮޅެއް، އޮށާޅަ މަތީ އުނގުޅާށެވެ. އެއަށްފަހު، އިރުކޮޅެއް ފަހުން ރަނގަޅަށް ދޮވެލާށެވެ. ފަހަރުގައި ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބިލަމަގަކީ އެއިގެ ޒާތުގައި އެސިޑިކް އެއްޗަކަށް ވުމެވެ.

ދަތުގައި ރިއްސާނަމަ
ގިނަފަހަރަށް، ދަތެއްއި ރިއްސާނަމަ މުޅިދުވަސް ބޭކާރު ގޮތުގައި ހޭދަވެގެން ދެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. ދަތުގައި ރިއްސާނަމަ، އެ ރިއްސާ ދަތުގައި ބިލަމަގު ކޮޅެއް ޗަސްކޮށްފައި އަޅާލާށެވެ. މިކަން ތަޖުރިބާ ކޮށްފައި ތިބި ގިނަ ބަޔަކު ބުނާ ގޮތުން މިކަމަކީ ރިހުން ކެނޑުވުމަށްޓަކައި ކައިއުޅޭ ބޭހަށްވުރެ ފައިދާ ބޮޑު ކަމެއް ކަމަށެވެ.
ފައިދާ މިހާގިނަ، ބޭނުންތެރި ހުތްފޮނި މި މޭވާ ބޭކާރު ގޮތުގައި އުކައިނުލައި ބޭނުން ކުރެވެން މިއޮތީއެވެ. ވަރަށް ފަސޭހަ ކަމާއެކުގައެވެ.