ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިހާންގެ ނޮވެމްބަރު 2019 ގެ ބެޗްގައި ބައިވެރިވުގެ ފުރުސަތު އެ ސަރވިސް އިން ހުޅުވާލައިފި އެވެ.
ސިވިލް ސަރވިސް އިން ބުނީ މިފުރުސަތު ހުޅުވަލާފައިވަނީ، 12 އެޕްރީލުން 2 މެއި 2019 ގެ ނިޔަލަށް ކަމަށެވެ.
މި އިމްތިހާނަކީ ސިވިލްސާރވިސް އަށް އަލަށް ވަނުމަށް އެދޭ ކޮންމެ ފަރާތަކުންވެސް ފުރިހަމަ ކުރަން ޖެހޭނެ އިމްތިހާނެކެވެ. އަދި މި އިމްތިހާނުން ފާސްވެ ސެޓްފިކްޓް ލިބޭ ފަރާތްތަކަށް، ސެޓްފިކެޓްގެ ވެލިޑިޓީ މުއްދަތުގައި ސިވިލްސާރވިސްގެ ވަޒީފާއަށް ވަންނަ ނަމަ %5 މާރކްސް ދެވޭނެއެވެ. ސެޓިފިކެޓްގެ ވެލިޑިޓީ އަކީ 03 އަހަރެވެ. ޑީ.ޕީ.އީ ގެ ކޮންމެ ސެންޓަރަކުންވެސް މި އިމްތިހާނުގައި ހެދޭނެއެވެ.
އިމްތިހާން ކަރުދާސް އެކުލަވާލެވިގެން ވަނީ މައިގަޑު ފަސް ބައެއްގެ މައްޗަށެވެ. އެއީ ދިވެހިބަސް،މުއާޞަލާތް ކުރުމާއި މުޢާމަލާތް ކުރުމުގެ ހުނަރު،އިދާރީ ހިންގުން އަދި އެޕްޓިޓިއުޑެވެ. މިއީ މަސައްކަތަށް ބޭނުންވާ އަސާސީ މަޢުލޫމާތާއި ހުނަރުތައް ތިމާއަށް ލިބިފައިވޭތޯ ބެލުމަށްޓަކައި ހަދާ އިމްތިހާނެކެވެ.
ސިވިލްސާރވިސް އިންބުނީ އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން ކުރެވިދާނެ ކަން ތައްތަކުގެ ތެރޭގަައި މުޤައްރަރުގައި ހިމެނޭ ފޮތް ކިޔުމާއި، މުޤައްރަރާއި ނަމޫނާ ކަރުދާސް ބަލައި ފަރިތަކުރުން ހިމެނޭކަމަށެވެ.
މި މަޢުލޫމާތު ސިވިލްސާރވިސް ކޮމިޝަން އަދި ސިވިލް ސާރވިސް ޓްރެއިނިން އިންސްޓިޓުއުޓްގެ ވެބް ސައިޓް އިން ލިބެން ހުންނާއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3307370،3307371 އަދި 3307372 ނަންބަރ ފޯނަށެވެ.