English Edition
Dhivehi Edition
ހެލިކޮޕްޓަރ ގައި މީހުން ފުރުވާލަނީ: ފޮޓޯ ސަމާ

ލިޔުނީ: އަބްދުﷲ ވަހީދު/

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުވާ ދެމުން ދިޔަ ހާލު ދެރަ ދެ މީހަކު އައިޖީއެމްއެޗް އަށް ރިފަރ ކޮށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ފޮނުވައިފިއެވެ. ހެލިކޮޕްޓަރު ގަމުން ފުރީ މިއަދު ހަވީރު 3:30 ގައެވެ.

އަިޖީއެމްއެޗް އަށް ރިފަރ ކޮށްފައި ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަތާ އަށް ދުވަސް ވެފައި ވާ 87 އަހަރުގެ ފިރިހެނަކާއި ރޭގެ ވަގުތެއްގައި އެޑްމިޓް ކޮށް ފަރުވާ ދެމުން ގެންދިޔަ 47 އަހަރުގެ ފިރިހެނެކެވެ. ދެ މީހުން ވެސް އައިޖީއެމްއެޗް އަށް ފޮނުވާފައި ވަނީ ސީޓީ ސްކޭން ހެދުމަށާއި އެޗްއާރްއެޗް ގައި ލިބެން ނެތް ފަރުވާ އާއި ސްޕެޝަލިސްޓުންގެ ލަފާ ހޯދުމަށެވެ.

އެޗްއާރްއެޗް އިން އަިޖީއެމްއެޗް އަށް ރިފަރ ކުރާ ބަލިމީހުން އާއްމުކޮށް ފޮނުވަނީ ފްލައިޓުންނެވެ. ނަމަވެސް މި ބަލިމީހުންގެ ހާލު ސީރިއަސް ވެފައި މިއަދުގެ އެއްވެސް ފްލައިޓަކުން ޖާގަ ލިބެން ނެތުމުން، ހެލިކޮޕްޓަރުން މާލެ ގެންދިއުމަށް ނިންމީ އާސަންދައިންނެވެ.

މި އަހަރުގެ މިހާތަނަށް އެޗްއާރްއެޗް އިން އަިޖީއެމްއެޗް އަށް ގިނަ އަދަދަކަށް ބަލިމީހުން ރިފަރ ކޮށްފައި ވާއިރު މިއީ ހެލިކޮޕްޓަރުގައި ބަލިމީހުން މާލެ ފޮނުވި ތިންވަނަ ފަހަރެވެ.