English Edition
Dhivehi Edition

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ 9:30 ގައި އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކަމިޝަން(އީސީ) އިން ބުނެފިއެވެ.

އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނާގޮތުން އިންތިޚާބް ބާއްވާތާ 7 ދުވަސްތެރޭގައި އިންތިހާބް ގެ ދާއިމީނަތީޖާ އިއުލާން ކުރަން ޖެހެއެވެ.

މިފަހަރުގެ އިންތިޚާބުގައި 2،64442 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 212,079 މީހުން ވޯޓުލާފައި ވެއެވެ. އެއީ105،077 އަންހެނުންނާއި 107،002 ފިރިހެނުން ނެވެ. ވޯޓްލީ މީަހުންގެ ޖުމްލަ އަދަދަކީ 212،079 އެވެ. މިފަހަރުގެ މަޖިލިސް މި އިންތިހާބް ގެ ބާތިލް ވޯޓުގެ އަދަދު 4،800 އަށް ވުރެ ގިނަ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކާފައިވެ އެވެ.

ހޮނިހިރުދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބް ގެ ދާއިމީ ނަތީޖާ މިރޭ އިުލާން ކުރަންފަށާއިރު މިއަދު 3 ދާއިރާއެއްގެ 74 ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން މާމިނގިލީ ދާއިރާގެ 1 ވޯޓު ފޮއްޓާއި މަޑުއްވަރީ ދާއިރާގެ 4 ވޯޓު ފޮއްޓެއްގެ އިތުރުން މާވަށު ދާއިރާގެ 69 ވޯޓު ފޮއްޓެއް ގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބުގައި މި ފަހަރު 87 ދާއިރާ އަކަށް ކެންޑިޑޭޓުން ހޮވާނެއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.