English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު / ޝަމްސުއްދީން ސްކޫލް

12 ވަނަ ބައިނަލް އަގުވާމީ ކަބޯރީގައި ބައިވެރިވުމަށްޓަކައި ޝަމްސުއްދީން ސްކޫލްގެ ކަބްސްކައުޓް ދަރިވަރެއްކަމުގައިވާ މުހައްމަދު އަދުޔަން ނަސްރުﷲ ސްރީލަންކާއަށް ހިނގައްޖެއެވެ.

އެޕްރީލް މަހުގެ 6 ން 9 އަކަށް ބާއްވާ އި ކަބޯރީއަކީ ސްރީލަންކާގެ ސްކައުޓް އެސޯސިއޭޝަންއިން އިސްތިޒާމްކޮށްގެން ބާއްވާ މި ކަބޯރީއެކެވެ. މިއީ ކޮންމެ ތިން އަހަރަކުން އެއްއަހަރު އެގައުމުގައި ބާއްވާ އިވެންޓެކެވެ.

ސައުތުއޭޝިއާގެ ގައުމުތަކުން 239 ދަރިވަރުންނާއި ލީޑަރުން ބައިވެރިވެފައިވާ މި ހަރަކާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވި މިފަދަ ފުރަތަމަ އިވެންޓްކަމަށް މައުލޫމާތު ލިބެއެވެ.

ކަބްސްކައުޓް ހަރަކާތް 10 އަހަރުވަންދެން މެދުކެނޑިފައި އޮތުމަށްފަހު ޝަމްސުއްދީންގައި މިހަރަކާތް ފެށިގެންދިޔައީ 2018 ވަނަ އަހަރެވެ. އެގޮތުން ޝަމްސުއްދީން ސްކޫލުގެ ދަރިވަރަކު މިފަދަ ބައިނަލް އަގުވާމީ އިވެންޓެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ރަނުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ސުލްތާން ރާމިޒު ވިދާޅުވިއެވެ.