English Edition
Dhivehi Edition

ޗައިނާގައި ކުރި ކައިވެންޏެއްގައި ، އެކައިވެނީގެ ޕާޓީ ކުރިއަށް ދިޔަވަގުތު ފިރިހެން މީހާގެ ކުރީގެ ލޯބިވެރިޔާ ،ވެޑިންގ ޑްރެސްއެއް ލައިގެން އައިސް ރޮއެއާދޭސްކުރާ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ.

މިހާރު އިންޓަރނެޓްގައި ވައިރަލް ވަމުން އަންނަ އެ ވޯޑިއޯގައި ފެންނަގޮތުގައި ވެޑިންގް ޑްރެސްއެއް ލައިގެން ކުރީގެ ލޯބިވެރިޔާ އައިސް ގްރޫމް ކުރިމައްޗަށް ކުޑަކަކޫ ޖަހާ އޭނަކައިރިއަށް އަނބުރާ އައުމަށް އެދި ރޮއެ އާދޭސް ކުރެއެވެ. އަދި ހުރިހާ ކަމެއްވެސް ގޯސްކޮށް ކުރީއޭނަކަމަށާއި އޭނައަށް މާފުކޮށް އަނބުރާ އޭނަގެ ހަޔާތަށް އައުމަށް އެއަންހެން މީހާވަނީ ރޮއެއާދޭސްކޮށްފައެވެ.

އުފާވެރި މިހަފްލާގައި މިހާދިސާ ހިނގަމުން ދިޔައިރު އެ ފިރިހެންމީހާ ކައިވެނި ކުރި އަންހެންމީހާ ހުރީ މިމަންޒަރުފެނި ބުނާނެ އެއްޗެއް ނޭނގިފައެވެ.އަދި ކައިވެނި ކުރިއަންހެން މީހާއަށް ފިރިހެންމީހާ ވިސްނަދޭ މަންޒރުވެސް ވީޑިއޯގައި ފެނެއެވެ. ނަމަވެސް އިރުކޮޅަކުން އޭނަވަނީ ރުޅިއައިސްގެން ހަފްލާދޫކޮށް ދުރަށް ގޮސްފައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި އެފިރިހެންމީހާ ވަނީ އޭނަގެ ކުރީގެ ލޯބިވެރިޔާ ދުރަށް ޖައްސާފައި ކައިވެނި ކުރިއަންހެންމީހާ ފަހަތުން ގޮސްފައެވެ. މި ޕާޓީއަށް އެއަންހެންމީހާ ގޮސްފައިވަނީ ދައުވަތުވެސް ނުދެނީސްކަމަށް ވެއެވެ.

މި ވީޑިއޯ އިންޓަނެޓް އަށް ލުމަށްފަހު ސްޓާ ވީޑިއޯއިން ބުނެފައިވަނީ، ކުރީގެ ލޯބިވެރިޔާއާއި އެ ފިރިހެންމީހާ ރުޅިވީ މިޒާޖުގެ ތަފާތުތަކެއް އުޅޭތީކަމަށެވެ. އަދި އޭނަގެ ކައިވެނީގެހަފްލާ އަށް ކުރީގެ ލޯބިވެރިޔާ ކައިވެނީގެ ހެދުމެއް އަޅައިގެން ގޮސް ވަނުމުން އޭނައަށް ވަނީބޮޑު ހައިރާން ކަމައެއް ލިބިފައިއެވެ. މިހާދިސާއަށްފަހު ކައިވެނި ކުރަންތިބި ދެމީހުންގެ ކައިވެނި ކުރިއަށް ދިޔަކަމެއް ނުވަތަނޫން ކަމެއް ނޭނގެއެވެ.

މިހާދިސާ އިންޓަނެޓްގައި ވަރިރަލްވެފައި ވީނަމަވެސް ވީޑިއޯގައި ފެންނަ އެއްވެސް މީހެއްގެނަމެއް އެނގިފައެިނުވެއެވެ. މިވީޑިއޯއަށް ކޮމެންޓް ކުރި ބައެއްފަރާތް ތަކުން ވަނީ މިހާދިސާއަކީ ނާތަހުޒީބް އަމަލެއް ކަމަށް ބުނެ ޓްވިޓާގައި ވާހަކަދައްކާފައެވެ. އަދި މިކަހަލަ ކަންކަން ވަނީ ކުރީގެ ލޯބިވެރިޔާ އާއި ފަހުންވެސް ގާތް ގުޅުމެއް ބާއްވާތީ ކަމަށްއިތުރު މީހަކު ބުނެފައިވެއެވެ.