English Edition
Dhivehi Edition

19 ވަނަ މަޖިލިސް އިންތިޚާބުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިހާރުވެސް އެދާއިރާގެ ގޮނޑި ފުރުއްވަވަމުން ގެންދަވާ މަޖިލިސް މެމްބަރު މުޙައްމަދު އަސްލަމް ކާމިޔާބު ކޮށްފިއެވެ.

މިއީ މި ދާއިރާގެ ގޮނޑި އަސްލަމް ކާމިޔާބު ކުރެއްވެވި 4 ވަނަ ފަހަރެވެ.

މި ދާއިރާއަށް އަސްލަމްގެ އިތުރުން 4 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވަވާފައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވެވި އަޙްމަދު ސައީދު، އަލީ އިބްރާހިމް، މުޙައްމަދު ޖިނާނު އަދި އަޙްމަދު މުޙައްމަދެވެ.

އަސްލަމް ވެފައިވަނީ މަޖިލީހުގައި ތަޖުރިބާ ކާރު އަދި ޕާޓީއަށް ވަފާތެރި، އިސް ސަފުގައި މަސައްކަތް ކުރައްވަވާ ހަރުދަނާ މެމްބަރެއްގެ ގޮތުގައެވެ.