ލިޔުނީ: އާމިނަތު ޒީނާ/
މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާ ، ލަސްވެގެން 12 އެޕްރީލް 2019 ވަނަ ދުވަހުގެ ޜޭގަނޑު އިޢުލާން ކުރެވޭނެކަމަށް އިލެކެޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވެވި ނޫސް ކޮންފަރެންސް ގައި ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓްލާތާ ދެ ދުވަހެއްގެ ތެރޭގައި ވަގުތީ ނަތީޖާވެސް އިޢުލާން ކުރެވިގެން ދާނެ ކަމަށާއި ކުރި އެކޭވެސް އެއް ގޮތަށް ވޯޓްލާ މަރުކަޒުތަކުގައި ،ވޯޓް ފޮށި ތަކުގެ ނަތީޖާ އިޢުލާން ކުރެވޭނެ ކަމަށެވެ.
މިހާރު އިޞްލާޙް ކުރެވުނު ޤާނޫނުގެ ސަބަބުން ބާޠިލު ވޯޓް އިތުރު ވެދާނެތީ ކޮންމެ ވޯޓްލާ މަރުކަޒެއްގެ ދޮރު މަތީގައި ،ކިއު ހަދާފައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓް ބާޠިލު ވާނެ ގޮތް ލިޔެވިފައި ހުންނާނެ ކަމަށް ވެސް މި ނޫސް ކޮންފަރެންސްގައި ޝަރީފް ވިދާޅުވިއެވެ.
‘‘ ވޯޓް ދޭންވާ ފަރާތުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރަށް، އިތުރު އެއްވެސް ކުރެހުމެއް،ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައި ހުރި ކަމަށް ވަންޏާ އެއީ ބާޠިލު ވޯޓެއް.” ޝަރީފް ވިދާޅުވިއެވެ. އަލަށް ގެނަ ވުނު އާންމު އިޞްލާޙުގައި ވާގޮތުން ކަނޑަ އެޅިގެން ކާކަށް ކަން ވޯޓް ލާފައި އޮތީ ނޭގެ ވޯޓްތައް ވެސް ބާޠިލު ވާނެއެވެ.
އިލެކްޝަން ކޮމިޝަން އިން ވަނީ ވޯޓްގެ ނަތީޖާ ރައްޔިތުން ނާއި ހަމަޔަށް ފޮނުވުމަށް ޓަކައި https://results.elections.gov.mv ގެ ނަމުގައި ވެބްސައިޓް އެއް ތައްޔާރު ކޮށް މީޑިއާއި ތަކާއި ޙިއްޞާ ކޮށްފައެވެ.
އަންނަ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބިފައި ވެއެވެ. އަދި މި އިންތިޚާބުގައި 501 ވޯޓް ފޮށްޓަށް 8631 ނަތީޖާ ޝީޓް ތައްޔާރު ކުރެވޭނެއެވެ.
މިއަހަރުގެ މަޖިލީސް އިންތިޚާބަކީ ހުރިހާ ދާއިރާ އަކަށްވެސް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިޚާބެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންވެސް އެންމެ ގިނަ އެއް އިންތިޚާބެވެ.