English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ވެޓްފޯޑްއާއި ފުލަމް ބައްދަލުކުރި މެޗުން ބަލިވެ މި ސީޒަނުގައި ޕްރިމިއާ ލީގަށް ކޮލިފައިވި ފުލަމް މުބާރާތުން ރެލިގޭޓް ވެއްޖެވެ.

ބާކީ ފަސް މެޗު އޮއްވައި ފުލަމް މުބާރާތުން ރެލިގޭޓް ވެފައިމިވަނީ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވަޓްފޯޑް އާއި ކުޅުނު މެޗުން 4-1 ލަނޑުން ބަލިވުމުންނެވެ.

ރޭ ފުލަމް ރެލިގޭޓްވިއިރު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން ބަލިވެ ހަޑަސްފީލްޑް ޓައުން ވެސް ވަނީ ރެލިގޭޓް ވެފައެވެ. މިއީ 95-1994 ވަނަ ސީޒަނުގެ ފަހުން އެންމެ އަވަހަށް ދެޓީމެއް ރެލިގޭޓްވި ފަހަރެވެ. އެ ސީޒަނުގައި ބާކީ ފަސް މެޗު އޮއްވައި ރެލިގޭޓްވީ އިޕްސްވިޗް ޓައުން އަދި ލެސްޓާ ސިޓީ އެވެ.

ރެލިގޭޓްވިއިރު ލީގުގައި ކުޅުނު 33 މެޗުން ފުލަމް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ލީގު ފެށުނީއްސުރެ ފޯމު ދަށްކޮށް އޮތް ފުލަމް ވަނީ މި ސީޒަނުގައި ތިން ފަހަރަށް އެޓީމުގެ ކޯޗު ބަދަލުކޮށްފައެވެ. ލީގުން ރެލިގޭޓްވިއިރު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގިނަ ގޯލުތަކެއް ވަނުމާއި ރަށުން ބޭރުގައި ނަތީޖާ ދަށްވުމެވެ. ލީގުގައި ރަށުން ބޭރުގައި ކުޅުނު 16 މެޗުގެ ތެރެއިން 14 މެޗުން ބަލިވިއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ.