English Edition
Dhivehi Edition

ލިޔުނީ: އަލްމާ އަލީ

އައްޑޫ ފްރެންޑްސް އިން އިންތިޒާމް ކޮށްގެން ސ.ހިތަދޫ މަނިކު ބޯޅަދަނޑުގައި ކުރިޔަށްދާ ޔޭޔޭ ވިމެންސް ފުޓްސަލް މުބާރާތުގެ ތިންވަނަ މެޗުން މައިލޯ ސިޓީ އިން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިރޭ 20.30 ގައި ފެށުނު އެ މެޗުގެ ޝަރަފުވެރި މެހެމާނަކީ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއިން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރަޝީދު ( މެޓްރިކްސް މޯޑް ) އެވެ.

މިމެޗުގައި ސޯލް އެފްސީއާއި ދެކޮޅަށް ކުޅެ މައިލޯ ސިޓީ އިންވަނީ 3 ލަނޑުޖަހާފައެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސޯލް އެފްސީއަށް ވަނީ ލަނޑެއް ކާމިޔަބުކުރެވޭ ގޮތް ނުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މައިލޯ ސިޓީ ގެ ޖާރޒީ ނަމްބަރ 5 ނަހުދާއެވެ.

މިމުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށްހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލު ކުރާނީ ވިމެންސް އެފްސީ އަދި މައިލޯ ސިޓީ އެވެ. މި މުބާރާތުގެ ފައިނަލަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ވިމެންސް އެފްސީ ދަތުރުކޮށްފައިވާއިރު މައިލޯ ސިޓީވަނީ އެއްމެޗުން ބަލިވެފައެވެ. މިރޭ ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ 20:30 އެވެ.

މި މުބާރާތުގެ ޗެމްޕިޔަން ޓީމަށް -/10000ރ، ރަނަރަޕް ޓީމަށް -/5000ރ އަދި ތިންވަނަ އަށް ދާ ޓީމަށް -/2500ރ ގެ ފައިސާގެ އިނާމްވަނީ ކަނޑައަޅާފައެވެ