English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ކޮމަންވެލްތުން ރާއްޖެއަށް ފޮނުވި ވަފުދުން އަމިއްލަ ބައެއް ކެންޑިޑޭޓުންނާ ބައްދަލުކޮށްފި އެވެ.

ކޮމަންވެލްތުގެ އިއްޔެ އަމިއްލަ ބައެއް ކަންޑިޑޭޓުންނާއި ބައްދަލުކޮށް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު އޮތްތޯ އާއި އިންތިހާބުގެ އިންތިޒާމުތަކާ މެދު ކަންބޮޑުވުމެއް އޮތްތޯ ބަލުމަށް ވަނީ ކެންޑިޑޭޓުންނާއި ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި އަމިއްލަ ކެންޑިޑޭޓުންވަނީ އިންތިހާބުގެ ކެމްޕޭންގައި ސިޔާސީ ޕާޓީތަކުން ހިންގާ، ކަންބޮޑުވާ ފަދަ ކަންތައްތަކުގެ ވާހަކަ ކޮމަންވެލްތުގެ ވަފްދާ ހިއްސާކޮށްފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާއިރު އެޖަމާއަތުން ބުނީ ރާއްޖެ ވަކިވެފައި ވިޔަސް ވަފުދެއް ފޮނުވީ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ ކަމަށެވެ. އަދި އިންތިހާބު އޮބްޒާވްކުރުމަށް ވަފުދެއް ފޮނުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި ވާކަމަށް ކޮމަންވެލްތުންވަނީ ބުނެފައެވެ.

މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވަނީ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތާއި އަލުން ގުޅުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވަޢުދުކަމުގައި ފާހަގަކުރައްވާފައެވެ.