English Edition
Dhivehi Edition

ދޮގުގެ ބާރު ހިނގަނީ އަނެކާގެ ބައިވެރިވުން ލިބިގެންނެވެ. މީހަކު ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް ތިމާ އެ ދޮގު ބަލައި ނުގެންފި ނަމަ އެއަކުން ތިމާއަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ.

ޕަމެލާ މޭޔަރ ވިދާޅުވާގޮތުގައި ދޮގު ފަޅާ އަރުވާނެގޮތް އޭނާ ލިއުނުފަހުން މީހުން ސީދާ އޭނައަކާ ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހަކުވެސް ބަލަނީ އޭނާގެ ކުރިމަތީގައި ވާހަކަ ނުދައްކާ ވޭތޯއެވެ. އޭނާއަކަށް ކޮފީއަކަށް ދައުވަތެއް ދޭނެ މީހަކު ނުވެއެވެ. އެންމެން އޭނާއާ ދުރަށް ޖެހިލައިފިއެވެ.

ޕެމެލާ ބުނަނީ އެންމެންނަކީވެސް ދޮގު ހަދާ ބައެއް ކަމުގައެވެ. އެކަމަކު ކޮންމެ މީހަކުވެސް ތެދުބުނާނެއެވެ.

މީހަކު ދޮގެއް ހަދާވަގުތު ދެނެގަނެވެނީ އެ ދޮގެއް ބުނާ ވަގުތު އޭނާގެ ނޭފަތް ފުޅާވެގެން ދިއުމުން ނުވަތަ ބުމަ ހަރަކާތްތެރިވީމައެއް ނޫނެވެ. އެކަން ދެނެގަނެވެނީ ސައެންޓިފިކް މައުލޫމާތު ލިބި ހުރެގެންނެވެ.

ލީޑަރުން ކޮންމެ ދުވަހަކުވެސް މީހުންނާ ވާހަކަ ދައްކަމުން ގެންދެއެވެ. އަނެކާ ދައްކަނީ ތެދުވާހަކައެއްކަން ދެނެގަންނަށް މަސައްކަތް ކުރެއެވެ. މިއީ ނުހަނު އުނދަގޫ ވަގުތު ތަކުގައި ކުރެވޭ ވަރަށްވެސް އުނދަގޫ ކަމެކެވެ.

މީހުން ހަދާ ދޮގުތަކުން ގެއްލުން ވާންފަށަނީ އެދޮގު މީހަކު ގަބޫލު ކުރުމުންނެވެ.

ކޮންމެ ދޮގަކީ ގިނަފަހަރު ގެއްލުމެއް ވެސް ނުހުންނަ އެއްޗެއް މެއެވެ. މީހުންގެ ތެރޭގައި ތިމާގެ އަގު ހިފެހެއްޓުމަށް ވެސް މީހުން ދޮގު ހަދައެވެ. އަދި ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމެއް ސިއްރުކުރުމަށްވެސް ބައެއްފަހަރު މީހުން ދޮގު ހަދައެވެ. ރީތި ނޫން އެއްޗެއް ރީއްޗޭ ބުނެވެސް ހަދައެވެ. ކަންކަން ބޮލުން ނައްޓާލުމަށްވެސް ދޮގުހަދައެވެ.

އެކަމަކު އަހަރެމެންނަށް އޮޅުވާލީމާ އެކަކުވެސް ނުރުހޭނެއެވެ. އެހެނީ އޮޅުވާލުމުން ލިބޭ ބޮޑެތި ގެއްލުންތައް ވެސް އެބަހުއްޓެވެ. އެމެރިކާގައި މިދިޔަ އަހަރު އެކަނިވެސް 799 ބިލިއަން ޑޮލަރގެ އޮޅުވާލުން ހިނގާފައިވެއެވެ. އެސްފިޔައެއް ޖަހާލާހާ އަވަހަށް ޓްރިލިއަން ޑޮލަރަށް މިއަދަދު އަރައިގެން ދާނެއެވެ.

ދޮގުގެ ސަބަބުން އެމެރިކާގެ ވިޔަފާރިއަށާއި ގައުމަށް ނުރައްކާ ވެގެން ދެއެވެ. އަދި މީހުންގެ ފުރާނަވެސް ގެއްލޭތަން އާދެއެވެ. އިނގިރޭސި ވިލާތުގެ އޮޅުވާލުމުގެ މާހިރަށް ކަމަށްވާ ހެންރީ އޮބާލޭންޑަރަކީ މުޅި ޔޫރަޕްގެ ބޭންކިން ނިޒާމަށް ނުރައްކާ ކޮށްފާނެ ވަރުގެ މަކަރު ހަދަން ދަންނަ މީހެކެވެ. އޭނާ ބުނާ ގޮތުގައި ކޮންމެ މީހަކުވެސް ބޭނުންވާ ބޭނުމެއް ފުއްދުމަށް އެއްޗެއް ދޭން ތައްޔާރަށް ހުރެއެވެ.

މިމީހާގެ ވާހަކައެއް އެއްވެސް ތާކުން ނުފެންނާނެއެވެ. ގޫގްލްގައިވެސް މީނާގެ މައުލޫމާތެއް ނުހުންނާނެއެވެ. އޭނާ އިންޓަރވިއުއަކަށް އެރީވެސް އެންމެ ފަހަރަކުއެވެ.

މީހަކަށް ތިމާ މޮޔަ ހެއްދުން ހުއްޓުވޭނީ ތިމާ އެންމެ އެދޭ ކަމަކީ ކޮބައިކަން ދެނެގަނެވިގެންނެވެ. އަހަރެމެން އެކަމަކަށް އެއްބަސްވާކަށް ވެސް ގިނަފަހަރު ބޭނުމެއް ނުވެއެވެ. އަހަރެމެން ރަނގަޅު ފިރިއަކަށް ނުވަތަ އަންބަކަށްވެސް ވާން ބޭނުންވެއެވެ. އަހަރެމެން އިސްކޮޅުން ދިގު ބާރުގަދަ މުއްސަންޖަކަށްވެސް ވާން ބޭނުންވެއެވެ. މިލިސްޓް ވަރަށް ދިގެވެ. އަހަރެމެންގެ މިއެދުންތައް ފުރިހަމަ ކުރުމަށް އަހަރެމެން ދޮގު ހަދަމުއެވެ. ދުވާލަކު ދިހައެއް ނުވަތަ ސަތޭކަ ދޮގުވެސް ހެދިދާނެއެވެ. މިއީ ގެއްލުމެއް ނެތް ”ހުދު” ދޮގު ކަމަށް ވެސް ވެދާނެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ނުދަންނަ މީހަކު ބައްދަލުވާ ފުރަތަމަ ދިހަ މިނިޓްތެރޭގައިވެސް ތިން ދޮގު ހަދާލައެވެ.

މިޑޭޓާތައް ހޯދުނީމާ އަހަރެމެންނަށް ޝޮކެއް ލިބިގެން ދިޔައެވެ. އަހަރެމެންނަކަށް މިއީ ކިހާ ފުޅާކޮށް ހިނގާ ކަމެއްކަން ކުރީގައި ވިސްނިފައެއް ނުވެއެވެ. އެގޮތަކީ އަހަރެމެންނަކަށް ދޮގަކާއެއް ނުރުހެވޭނެއެވެ. އެކަމަކު ހަގީގަތް ރަނގަޅަށް ބަލާއިރު އެކީގައި މަސައްކަތް ކުރާމީހުންނަށް އަހަރެމެން ދޮގުހަދާލެއް ނުދަންނަ މީހުންނަށް ދޮގުހަދާ ވަރަށް ވުރެން މާމަދެވެ.

އަޑުގަދަ ލަދުކުޑަ މީހުން ލަދުވެތި މީހުންނަށް ވުރެން ދޮގުހަދާލެއް ގިނައެވެ. ފިރިހެނުން އެމީހުންނާ މެދު 8 ގުނައަށް ދޮގު ހަދައެވެ. އަންހެނުން ގިނައިން ދޮގުހަދަނީ އެހެންމީހުންގެ ކަންކަން ފޮރުވުމަށެވެ. ދެމަފިރިއެއް ނަމަ ކޮންމެ ދިހަފަހަރަކުން އެއްފަހަރު ދޮގު ހަދައެވެ. ހުސްހަށިބައިނަމަ ހަދަނީ ދިހަފަހަރަކުން 3 ދޮގެވެ.

ދޮގު ހެދުމަކީ އޮޅުން ބޮޅުން ހުންނަ ކަމެކެވެ. އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ދޮގު ހެދުން ގުޅިފައި ހުންނަވަރުން މިހެދެނީ ދޮގެއްކަން ނުވަތަ ތެދެއްކަން ފާހަގަ ކުރަންވެސް ދަތިވެއެވެ. ބައެއް ފަހަރު އަހަރެމެން ދޮގު ހަދަނީ ކޮންމެވެސް ރަނގަޅު ކަމަކާހެދިއެވެ. އަނެއްބައިފަހަރު ހަމަ ކަމަކާ ނުލާވެސް ދޮގު ހަދަމުއެވެ.

އަހަރެމެން ދޮގުހެދުމާ އިދިކޮޅެވެ. އެކަމަކު ސިއްރިޔާތުގައި ދޮގުހަދަމުއެވެ. އިންސާނުން ނޭވާލާން ފެށީއްސުރެންވެސް އަންނަނީ ދޮގުހަދަމުންނެވެ. މިއީ އެހާވެސް ދުވަސްވީ އާދަކާދައެކެވެ. އެއީ އަހަރެންގެ ސަގާފަތާ ތާރީޚާ ގުޅިފައިވާ ކަމެކެވެ. ރިސާޗްކުރާ މީހުންނަށް ފެނުނުގޮތުގައި ވިސްނުންތެރިވީ ވަރަކަށް ދޮގުހެދުން ގިނައެވެ.

ކޯކޯއަކީ މަންމަންބަހުން ވާހަކަ ދައްކަން ދަސްކޮށްދެވިފައިވާ ގޮރިއްލާއެކެވެ. މަކުނެކެވެ. ކޯކޯވެސް ފާރުގައި ހުރި ސިންކެއް ވައްޓާލާފައި އޮޅު ބުޅަލެއްގެ މަތި އެޅުވިއެވެ.

ދޮގުހަދަން ދަސްވަނީ ވަރަށް ކުޑައިރުން ފެށިގެންނެވެ. ހީވަނީ އަހަރެމެން މިވަނީ ދޮގުހަދާގޮތަް ވައިރު ކުރެވިފައި ވެސް ހެންނެވެ. ކުޑަކުޑަ ބޭބީ އެއްގެ ގޮތުގައި ތިބެ ވެސް ގާތަށް އަންނަނީ ކާކުތޯ ބަލަން ރޮއިގެންފާނެއެވެ. އަންނަ މީހަކު އެނގުނީމާ އޭނާ އެދޭ މީހާ ނޫން ކަމަށްވާނަމަ ރޮއިގެންފާނެއެވެ. ކަރުނައިގެ ކަންފުޅެއްވެސް ނުހުރެއެވެ. އެއް އަހަރުގެ ކުދީން އެއްޗެހިފޮރުވައެވެ. ދެއަހަރުގެ ކުދީން ބިރުދައްކަން ރޮއިފާނެއެވެ. 5 އަހަރުގެ ކުދީން އެދޭކަމެއް ބޮޑެތިމީހުން ލައްވާ ކުރުވުމަށް ރޮއިފާނެއެވެ. 9 އަހަރުގެ ކުދީންނަނީ ކަންތައް ފޮރުވުމުގެ އެދުރުންނެވެ. ކޮލެޖަށް ވަންނަ އުމުރަށްދާއިރު މަންމަމެންނަށް ކޮންމެ ދިހަފަހަރަކުން 5 ފަހަރު ދޮގުހަދައެވެ. އަހަރެމެން ވަޒީފާއަށް ނުކުންނަ އިރު ފޭކް ރައްޓެހިންނާއި އޮޅުވާލުމުގެ މެއިލްތަކުގެ ފުންޏަކާއި ސޯސަލްމީޑިއާގެ އޮޅުވާލުންތަކާއި އައިޑެންޓިޓީ ވައްކަމުގެ ބޮޑު ހައިޖާނެއްގެ ތެރެއަށް ވަދެވިގެން ދެއެވެ. ލިއުންތެރިޔަކު ބުނެފައިވަނީ މި ސޮސައިޓީއަކީ ތެދުފަހަނަޅާފައިވާ ބައިގަނޑެއް ކަމުގައެވެ. ކަންތައް އޮޅުން އަރަމުންދާތާ މިހާރު ކިތަންމެ ޒަމާނެކެވެ. އަހަރެމެންނަށް މިކަމާމެދު ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟

އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ދޮގުވެރީން ހަދާ ދޮގުގެ ނުވަދިހަ ޕަސެންޓް ދެނެގަތުމެވެ. އެނޫން މީހުން ތެދަށް ބުނާނީ ފަންސާސް ފަހަރުކަން ދެނެގަތުމެވެ. އެހާ ފަސޭހައިން ދޮގު ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟

މާ ބޮޑުކަމެއް ނޫނެވެ. މީހުންގެ ތެރޭގައި ތިބޭނީ މޮޅަށް ދޮގުހަދާ މީހުންނާއި ދޮގުހަދަން ނޭނގޭ މީހުންނެވެ. އޭގެ ތެރެއަކު އަސްލު ދޮގުވެރީންނެއް ނޫޅޭނެއެވެ. އަހަރެމެން އެންމެންވެސް ހަމަ އެގޯސް ހަދަމުއެވެ.

ނިކަން ބަލާބަލާށެވެ. ޕްރެޒިޓެންޓް ކްލިންޓަން މުޅި ދުނިޔޭގެ ކުރިމަތީގައި ބުނަނީ އޭނާ އެ އަންހެނާ، މިސް ލުއިންސްކީއާ ޖިންސީ ގުޅުމެއް ނުހިންގާކަމަށެވެ. ދޮގެއް ބުނަން އެކަކުގާތުގައިވެސް ނުބުނާކަމަށެވެ. އަހަރެންގެ ބޮލުގައި އަޅުވާފައިވާ އެތުހުމަތަކީ ދޮގެކެވެ. އަހަރެން މިދަނީ އެމެރިކާ ރައްޔަތުންނަށް ޚިދުމަތް ކޮށްދޭށެވެ.

މިކަމާ ގުޅެގޮތުން އޭނާ ދެއްވި އިންޓަވިއުގެ ވީޑިއޯގައި އޭނާ ދޮގުހަދާކަން އެނގިގެންދާ ގޮތަކީ އޭނާ އެވާހަކަ ދެއްކީ ރަސްމީ ބަހުރުވައިންނެވެ. ތެދެއް ބުނާނަމަ މީހުން އެހާ ރަސްމީކޮށެއް ނުބުނެއެވެ. އަނެއް ކަމަކީ އޭނާ އެއަންހެނާއޭ ބުނާ ތަންކޮޅެވެ. ތެދެއް ބުނާއިރު އޭނާއާ މާދުރުހެލިވެގަންނާކަށް ނޫޅޭނެއެވެ. އެވާހަކަ ކޮޅުން އެކަނިވެސް ދޮގު ދެނެގަންނަން އެނގޭ މީހުންނަށް އެއީ ދޮގެއްކަން ހާމަވެގެންދާނެ އެވެ. އޭނާ އެއަށްވުރެން ތަފްސީލުކޮށް އެވާހަކަ ދެއްކިނަމަ ފަޅާއަރާވަރު އަދި މާބޮޑުވީހެވެ. ފްރުއިޑް ބުނަނީ ރަނގަޅަށެވެ. ދުލުން ބުނާ ބަހަކަށް ވުރެން ބޮޑަށް ހަރަކާތުން ކަންތައް އެނގިގެން ދެއެވެ. ދިރިހުރި މީހަކަށް ކަމެއް ސިއްރުކޮށްފައެއް ނުބޭއްވޭނެއެވެ. ދުލުން ނުބުނާނަމަ ހަރަކާތުން ބުނެވޭނެއެވެ. ކިތަންމެ ބާރު ގަދަ މީހެއް ކަމުގައިވިޔަސް އިނގިލިތަކުން ބަސް ބުނާނެއެވެ. ޑޮމީނިކް ސްރޯސްކާން ވެސް އޮބާމާއާ ވާހަކަދެއްކީ އިނގިލިތަކުންނެވެ.

މިހެން ޕަމެލާ ބުނުމުން މީހުން ވަރަށް ހުނެވެ.

ދޮގުހަދާމީހާ އެނގޭ އަނެއް ގޮތަކީ ދޮގެއް ހަދާއިރު މީހާގެ އުނަގަނޑުން މަތި ހުންނަނީ ހަރުދަނޑިވެފައެވެ. ގިނަ މީހުން ހީކުރަނީ ދޮގުހަދާމީހާ ދޮގުހަދާއިރު އަނެކާގެ ލޮލަކަށް ނުބަލާ ކަމަށެވެ. އެކަމަކު އަސްލުގައި އެމީހާ މާބޮޑަށް ލޮލަށް ބަލައެވެ. އެއީ އޭނާ އެހަދަނީ ތެދެއްކަން އަނެކާއަށް ގަބޫލުކުރުވުމަށް އިތުރަށް ބާރު އެޅުމަށެވެ. މީހުން ހީކުރަނީ ހިނިތުން ވުމަކީ އިޚްލާސްތެރިކަން ދައްކާދޭ ކަމެއް ކަމުގައެވެ. އެކަމަކު ދޮގު ދަނެގަންނަ މީހަކު އެއް މޭލު ދުރުންވެސް އެހިނިތުންވުމުގައި އަސްލެއް ނެތްކަން ދަނެގަނެއެވެ. ތުންފަތުގެ ދެމިޔަކަން ކޮންމެ މީހަކަށްވެސް އޭނާގެ އިޚްތިޔާރުގައި ފުޅާކޮށްލެވިދާނެއެވެ. އެކަމަކު ގަސްތުގައި ލޮލަށް ހިނިތުން ވުމެއް ނުގެނެވޭނެއެވެ. އެކަން ކުރަން ބާރުލައިފިނަ އޭގެ އަސްލުގޮތެއް ނެތްކަން ކޮންމެ މީހަކަށްވެސް ފެނިގެންދާނެއެވެ.

މީހެއްގެ ކިބައިގައި އިޚްލާސްތެރިކަމެއް ވާނަމަ އޭނާގެ ކިބައިން ޝައުގުވެރިކަމާއި ބައިވެރިވުން ފެނިގެންދާނެއެވެ. ބުނާ ބަހާ ހަރަކާތްތަކާ ދިމާވާނެއެވެ. އަދި އަނެކާ ބޭނުންވާ މައުލޫމާތު ދޭން ތައްޔާރުވެ ތިބޭނެއެވެ. މިސާލަކަށް ފައިސާތަކެއްގެ މައްސަލައިގައި މީހަކަށް ޝައްކު ކުރެވޭ ހިނދު ތެދަށް ބުނާ މީހާ ދެފަރާތުން ޚިޔާލު ބަދަލުކޮށް ތަފްސީލު ހާމަކުރާނެއެވެ. އޭނާ ބުނާނެއެވެ. ފަހަރެއްގައި ތިފައިސާ ކޭޝިއަރގެ ތިޖޫރީގައި ވެސް ހުރެދާނެއެވެ. ސުވާލުގެ މަރުހަލާގައި އެމީހުން ވާހަކަ ދައްކާނީ އެއް ޖަޒްބާތެއްގައެވެ. ތެދުވެރިއެއް ކުރެން އެކަންތަކަށް ދޭންވީ އަދަބެއް ކަނޑައަޅަން އަހައިފިނަމަ އޭނާ ބުނާނީ އޮންނަ އެންމެ ހަރުކަށި އަދަބެއްގެ ވާހަކައެވެ. ކަމަކަށް ނަހަދާ ދޫކޮށްލާކަށް ޚިޔާލެއް ނުދޭނެއެވެ. ދޮގުހަދާމީހާއާ މިސުވާލު ކުރިމަތިކޮށްފިނަމަ އޭނާ އިންނާނީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އިސްތަށަށް ޖެހިފައެވެ. އަދި އެކަމުގެ ތަފްސީލު ހާމަ ކުރާއިރު ދައްކާނީ ކަމާ ގުޅުމެއް ނެތް ވާހަކަތަކެވެ. އެމީހުންގެ ވާހަކަ ހުންނާނީ ވަކި ތަރުތީބަކުން އަތުރާލާފައެވެ. އެކަމަކު ތެދަށް ބުނާ މީހާގެ އިންޓަރވިއުގައި އެކިތަނުން އެކި އިރުގެ ވާހަކަ ތަރުތީބު ކުރުމެއްނެތި ދައްކަމުން ގެންދެއެވެ. ދޮގުހަދާ މީހާގެ ވާހަކަ ތިރިން މައްޗަށް ކިޔާދޭން ބުނެފިނަމަ އޭނާ ހާސްވެގެން އުޅޭތަން ފެންނާނެއެވެ. އެހެން އެވާ ގޮތަކީ ބުނާނެ ބަސްތައް އަތުރާފައި ހުއްޓާ އެހެން ތަރުތީބަކުން ކިޔާ ދޭން ޖެހުމުން ހަށިގަނޑުގެ ހަރަކާތަށް އޮޅުން އަރާތީއެވެ. ދުލުން އާނއެކޭ ބުނާއިރު ހަށިގަނޑު ބުނަނީ ނޫނެކޭ އެވެ. އަދި ނުތަންވަޅު ކޮނޑުއެރުވި މިފަދަ ހަރަކާތްކުރެވެއެވެ. އަދި ބޮޑެތި ކުށް ކޮށްފައި އެކަމުން ބަރީއަވާން އުޅޭ ވަގުތު މާބޮޑު އުފާވެރިކަމެއް ދައްކަންވެސް އުޅެއެވެ. އެކަމަކު އެ ހިނިތުންވުމަކީ ނަގުލީ އުފަލެއް ދައްކަން ކުރާކަމެއްކަން ފެންނާނެއެވެ. އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޖޯން އެޑްވަޑްސް ކާވެޏްނަކާ ނުލާ ދަރިއެއް ލިބިފައިވޭތޯ ސުވާލު ކުރެވުނު ވަގުތު އޭނާއަށް އައި ހަރަކާތްތަކީ މީގެ ވަރަށް ރީތި މިސާލެކެވެ. އޭނާ އާނއެކޭ ބުނާ ވަގުތު ނޫނެކޭ ބުނުމުގެ ގޮތުން ބޯހަލުވާލެވެއެވެ. މީގެ އިތުރުންވެސް ދޮގުހަދާއިރު ވަކިކަހަލަ އެކްސްޕްރެޝަނެއް ގެނެސްގެން މީހުން އުޅެއެވެ. އެހެންނަމަވެސް ކޮންމެވެސް ދޭތެރެއަކުން އެ އެކްސްޕްރެޝަން ލީކްވެދެއެވެ. މީހުން މަރާމީހުންގެ މޫނުމަތިން ނިކަން ފަސޭހައިން ހިތާމަވެރި ކުލަތައް ފާޅުވެއެވެ.

ތިމާއާ ނުރުހޭ ވިޔަފާރީގެ ބައިވެރިޔާ ނިކަން ފަސޭހައިން ސަލާމްކޮށް އުފާވެރިކަން ދައްކައެވެ. އެކަމަކު ކެއުމަކަށް ކަހަލަ ތަނަކަށްދާން ދައުވަތު ދެވޭހިނދު ނުރުހުމުގެ ކުލަވަރެއް މޫނުމައްޗަށް އަރާތަން ފެނިގެންދެއެވެ. އެންމެ ތަގުރީރަކުން ތިއެންމެންނަށް ދޮގު ދެނެގަތުމުގެ އެދުރުން ކަމުގައި އަހަންނަށް ނުހެދޭނެއެވެ. އެކަމަކު ވަރަށް ނުރައްކާތެރި އެއްކަމެއް އަހަރެން ދަސްކޮށްދީފާނަމެވެ. މީހެއްގެ މޫނުމަތީން ރުޅިވެރިކަން ފެނިދާނެއެވެ.. އެކަމަކު އެއީ ނުރުހުންތެރިކަމެއް ކަމަށް ނުވެ ހިނގައިދާނެއެވެ. އެކަމަކު ރުޅިވެރިކަމުގެ ކުލަވަރާއެކު އަނގައިގެ އެއް މިޔަކަން މައްޗަށް ހިއްލާލައި އެތެރެއަށް ހިފާލާފައިވާ ތަން ފެނިއްޖެނަމަ އެއީ ވަރަށް ނުރައްކާތެރިވީއެވެ. އެކަން އާދައިގެ ރުޅިވެރިކަމަކަށް ވުރެން މައްޗަށް ދިޔައީއެވެ. އެއީ ނުރުހުމެވެ. އެކަން އަނބުރާ ގެނައުމަކީ ވަރަށްވެސް އުނދަގޫކަމަށްވާނެއެވެ. އެހެނީ އެކަމުން އެ ދައްކަނީ ނަފްރަތު ކަމެވެ. ދެން އެވީ އަވަހަށް އޭނާއާ ދުރަށް ދާށެވެ.

ސައެންސްވަނީ މިފަދަ ވަރަށް ގިނަ ނިޝާންތައް ދަސްކޮށްދީފައެވެ. މިސާލަކަށް ދޮގުހަދާއިރު މީހާގެ ލޮލުގެ އެސްފިޔަ ތަޅުވާ ސްޕީޑަށް ބަދަލުއާދެއެވެ. އެމީހުންގެ ފައިތިލަ ނުކުންނަ ދޮރާ ދިމާއަށް އަނބުރާލައެވެ. އިންޓަރވިއު ކުރާ މީހާއާ ދެމެދަށް ކޮންމެވެސް އެއްޗެއް ހުރަސްކޮށްލައެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މިއީ ޝައްކުކުރެވޭ ކަންތަކެވެ. މިއަކީ ޕްރޫފެއް ނޫނެވެ. އަހަރެމެން އިންސާނުން އަބަދުވެސް އެކިކަހަލަ ހަރަކާތް ކުރަމުން ގެންދަމެވެ. ހަށިގަނޑަށާއި މޫނަށް ބަދަލުތައް ގެންނަމެވެ. އެކިކަހަލަ ވާހަކަތައް ދައްކައި ހަދަމެވެ. އެއަކުން ތެދެއް ދޮގެއް ވަކިކުރާކަށް ގިނަފަހަރަކު ނޭނގޭނެއެވެ. އެކަމަކު އެދައްކާވާހައާއި ހަރަކާތުގައި ހިމެނޭ ވަކިކަހަލަ ކަންތަކެއް އެއްފުންޏަކަށް އަންނަން ފެށުމުން އެއީ ދޮގުތައް ފާހަގަކޮށް ދަނެގަނެވޭނެ އިޝާރާތްތަކެވެ. އެހެން ކަމުން މިކަންތައް ދެނެގަންނަން އެނގޭމީހުން ތަފާތު އެކިކަހަލަ އުނދަގޫ ސުވާލުކޮށް އެމީހުންގެ ކިބައިން ފެންނަ އެކި ސިފަތައް ފާހަގަކޮށް ދޮގުހަދާނަމަ އެކަން ހޯދައިގަނެއެވެ. މާ ހަރުކަށިކޮށް ސުވާލުކުރުމަކުން ރަނގަޅު ނަތީޖާއެއް ނުފެންނާނެކަން ދަންނަންވާނެއެވެ.

އަހަރެން މިދައްކާދިނީ ދޮގުހަދާއިރު މީހާގެ ކިބައިން ފެންނަ ބައެއް ނިޝާންތަކެވެ. މިހާރު މި ދައްކައިދެނީ ތެދުބުނާއިރު ފެންނަ އެކި ކަހަލަ ހެކިތަކެވެ. އަހަރެން މިދައްކާ ވީޑިއޯއިން ދައްކައިދެނީ ކެލިފޯނިއާގެ ރިސާރޗަރ ޑޭވިޑް މަޓްސުމޮޓޯ ހޯދި ހޯދުމެކެވެ. މިއިން ދައްނީ ތެދުބުނާ މަންމައަކާ ދޮގުހަދާ މަންމައެކެވެ. މި ވީޑިއޯއިން ނިކަން ރީއްޗަށް ތެދުބުނަނީ ކާކުކަން އެނގިގެން ދެއެވެ. މި މަންމަ އޭނާގެ ދަރީންގެ ގަޔަށް ބަޑިޖެހުމަށްފަހު ލެޔާއެކު ހޮސްޕިޓަލަށް ގެންދެއެވެ. އޭނާ ބުނަނީ އެކުދީން މަރާލީ މުޑުދާރު ސިފައެއްގައި ހުރި ނުދަންނަ މީހެއްކަމަށެވެ. އޭނާއަކަށް ހިތާމަވެރި ސިފައެއްވެސް ނުދެއްކުނެވެ.

އޭނާ ބުނަނީ ބިރުވެރިކަންތަކެއްގެ ވާހަކައެވެ. އެކަމަކު އޭނާގެ މޫނުމަތީން ފެންނަނީ ވަރަށް ހަމަޖެހިފައި ހުރި ކަމުގެ ސިފައެވެ. މިހާރު އަހަރެން މިދައްކަނީ ހަގީގަތުގައިވެސް ހިތްދަތިވެފައިވާ މަންމައެކެވެ. އޭނާ ކޯޓުގައި ކިޔާދެނީ އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކޮށް މަރާލެވުނު ގޮތުގެ ވާހަކައެވެ. މިއިން ދައްކަނީ މަންމައެއްގެ ހަގީގީ ހިތާމައެވެ. އޮޅުވާލުމުގެ ހަރަކާތްތަކެއް މީނާއެއް ނުކުރެއެވެ. އޭނާގެ ހަރަކާތްތަކާއި ދެއްކިވާހަކައިގާ ތައާރަޒުވާ އެއްވެސް ކަމެއް ނެތެވެ.

ތެދުބުނާއިރު ފެންނަ ސިފަތައް ދެނެގަތުމުގެ ޓެކްނޮލޮޖީގެ ހޯދުންތައް ދަނީ ކުރިއަށެވެ. އެގޮތުން ބޭނުން ކުރެވޭ ސާމާންތައް ވަރަށް ގިނައެވެ. ލޮލުގެ ހަރަކާތްތަކާއި ސިކުނޑީގެ ހަރަކާތްތައް އަދި އެމްއާރއައިން ދައްކާ ދެއްކުންތައް އަހަރެމެން ހަދާ ދޮގުތައް ބޭޒާރުކޮށްލައެވެ. މިހޯދުންތައް އަހަރެމެން އޮޅުވާލާ އޮޅުވާލުންތައް ދެނެގަނެއެވެ. ކޮންމެވެސް ދުވަހަކުން މިއީ ވަރަށް ބޭނުންތެރި އެއްޗަކަށް ވެގެންދާނެއެވެ.

މިހާރު ކަލޭމެން އެމީހަކާއެކު ބައްދަލުވުމެއް ބޭއްވޭނީ ކާކާ އެކީގަހޭ ސުވާލު ކޮށްފާނެއެވެ. އެކަން ދެނެގަނެވޭނީ ތެދު ދެނެގަތުމަށް ތަމްރީނު ލިބިފައިވާ މީހުންނަށެވެ. ކޮންމެމީހަކާއެކު 400 ރާތާ ހުންނަވަރުގެ އީއީޖީ މެޝީނެއް ނުގެނެވޭނެއެވެ.

ދޮގުހަދާ މީހުން ދެނެގަންނަ މީހުން ބޭނުން ކުރަނީ އިންސާނީ އާލާތްތަކެވެ. އެމީހުންނަށް އަނދިރީގައި ދިރިއުޅޭ ޝަޚުސިއްޔަތުތައް ދެނެގަންނަން އެނގެއެވެ.

ދުނިޔެއަކީ މިހާރު އަލިވެފައިވާ ތަނެކެވެ. މީހުން ޚިޔާލު ފާޅުކޮށް ބްލޮގް ކުރަމުން ގެންދެއެވެ. މިއީ ވަރަށް އަޑުގަދަ ދުނިޔެއެކެވެ. ސިއްރިޔާތުގައި އެއްކަމެއް ވެސް ނުކުރެވެއެވެ. އަހަރެމެން ދަންނަން ޖެހޭނެ އެއްކަމަކީ މާބޮޑަށް ކަންކަން ހިއްސާކުރާނަމަ އެއީ ތެދުވެރިކަމުގެ ސިފައެއް ނޫނެވެ. ހުއްޓާނުލާ މެސެޖްކޮށް ޓްވީޓް ކުރުމަކީވެސް އަހަރެމެން ”ކަނު”ކޮށްލަން ކުރާ ކަމެކެވެ. މީހާގެ އަގު ހިފެހެއްޓެނީ އަދި އިތުބާރު ދެމެހެއްޓެނީ ބަސްމަދު ކުރީމައެވެ.

ސައެންސްގެ މިހޯދުންތަކުގެ އެހީގައި ދައްކާދޭ މިކަންތަކަށް ސަމާލުކަން ދީގެން އުޅޭނަމަ ދޮގާއި އޮޅުވާލުމުން މީހާއަށް އެކަހެރި ވެވިދާނެއެވެ. އަދި ތިމާއަށްވެސް ދޮގުހެދުމާ ދުރަށް ދެވިދާނެއެވެ. އަދި ބުނެވޭނެއެވެ. ތިމާ ދޮގެއް ހަދައިފިނަމަ އެހެން މީހުންނަށް އެކަން ފަޅާއަރާފާނެއެވެ. އެއީ މިދުނިޔެއަކީ ވަރަށް ހުޅުވާލެވިފައިވާ ތަނެއްވީމައެވެ. ދޮގުވެރިން ފަޅާއަރާނެއެވެ. އެހެންކަމުން ތިމާ ވެސް ދޮގުހަދާނަމަ ދުނިޔޭގައި ބާކީވެގެން ހިނގައިދާނެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފްސަށް ބުނެވޭނެއެވެ. ”އަހަރެންވެސް ދޮގެއް ނަހަދާނަމެވެ. މިދުނިޔޭގައި ދެނެއް ދޮގުވެރީންނަކަށް ޖާގައެއް ނުވެއެވެ.” މިހެން ކަންތައް ކުރަން ފެށުމުން ވަށައިގެންވާ ބިންގަނޑު ކުޑަކޮށް ހެލިގެންފާނެއެވެ. ތެދަކީ މިއީއެވެ.