English Edition
Dhivehi Edition

ލިޔުނީ: ރަމްޝާ ހަސީން/މަރަދޫ ފޭދޫ ސްކޫލް

މަރަދޫފޭދޫސްކޫލްގައި އާރތު އަވަރ ފާހަނގަ ކޮށްފިއެވެ. އެގޮތުން މަރަދޫފޭދޫގެ ބޮޑުމަގުގައި ވަނީ ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި ދަރިވަރުން ތަފާތު މެސެޖު ލިޔެފައިވާ ބޯޑުތައް ހިފައިގެން ތަފާތު މެސެޖް ތައް ވަނީ އާންމުންނަށް ދީފައެވެ.

މިހިނގާލުމުގައި ބައިވެރިވެފައިވަނީ ސްކޫލްގެ ގާރލްގައިޑް، ލިޓްލްމެއިޑުން އަދި ސްކައުޓުން ނެވެ. މީގެ އިތުރަށް ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވެއެވެ.

އާރތް އަވަރ ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި މި ބަދަލު ތަކުން ލިބިދާނެ ގެއްލުން ތަކުން ރައްކާތެރިވެ ތިބުމަށާއި ، ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅު ތަކަށް އާންމުންނާއި ދަރިވަރުން ހޭލުން ތެރި ކުރުވުމެވެ.

އަދި ހަމަ މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެގޮތުން ރޭ 20:30 ން 21:30 އަށް ލިޓްލްމެއިޑް އަދި ގާރލް ގައިޑް ދަރިވަރުންގެ ގެތަކުން ކަރަންޓް ކަޑާލެވުނެވެ.

އާރތް އަވަރ ފާހަނގަ ކުރަނީ ކޮންމެ އަހަރަކުމާރޗް މަހުއެވެ. އެގޮތުން މިއަހަރު ފާހަނގަ ކުރުމަށް ހަމަޖައްސާފައިވަނީ 30 މާރޗް 2019 ވަނަ ދުވަހެވެ. މިއަހަރުގެ އާރތު އަވަރގެ ޝިޢާރުއަކީ ރެޑިއުސް،ރިޔޫސް ، ޗޭންޖު ދަވޭ ވީ ލިވް ”

މިދުވަހަކީ ކޮންމެ އަހަރަކުވެސް މިސްކޫލްގައި ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ.