English Edition
Dhivehi Edition

އެކްސިޑެންޓެއްވީމައި އެނގެނީ އެކަން ވެއްޖެކަމެވެ. އެކަން ހިނގަން މެދުވެރިވާ ސަބަބެއް ގިނަ މީހުންނަށް އެނގޭކަމަށް ނުވެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވާ މައިގަނޑު 4 ސަބަބެއް އޮވެއެވެ.

އުޅަނދު އުފެއްދުމުގައި ހުންނަ މައްސަލަ

މިއީ ވަރަށް މަދުން ނޫނީ އައްޑޫގައި ހިނގާ އެކްސިޑެންޓްތަކެވެ. އުޅަނދެއް އުފެއްދުމުގައި ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ނުވަތަ އެންމެ އެކަށީގެންވާ އާލާތްތައް ބޭނުން ނުކުރުމުގެ ސަބަބުން މިފަދަ އެކްސިޑެންޓް ހިނގަން މެދުވެރިވެއެވެ.

އިންޖިނިއަރިން ނުވަތަ ޕްލޭނިންގ މައްސަލަތައް

މަގުތައް ހެދިފައިވާ ގޮތުންނާއި، މަގުހެދުމަށް ބޭނުން ކުރެވޭ މެޓީރިއަލްގެ ގޮތުންނާއި، ބެލެހެއްޓޭ މިންވަރު ދަށްވުމުގެ ސަބަބުން ނުރައްކާތެރި ތަފާތު އެކްސިޑެންޓްތައް ހިނގާފައި ވެއެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގައި ބައެއް މީހުންވަނީ މިދުނިޔެއާ ވަކިވެފައެވެ. އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

އިންސާނުންކުރާ ނޭދެވޭ އަމަލުތައް

މިއީ އެކްސިޑެންޓެއް ހިނގަން މެދުވެރިވާ މައިގަނޑު އެއްމެ ބޮޑު ސަބަބެއެވެ. އެންމެންގެ ސަލާމަތަށްތަކައި ހެދިފައިވާ ގަވައިދުތަކަށް ބަޔަކު ހުރުމަތްތެރިކޮށް ނުހިތުމާއި، މަގުމައްޗަށް ދޭންވާވަރަށް ސަމާލުކަން ނުދީ އުޅަނދު ދުއްވުން ފަދަ ކަންކަމީ ނޭނގި ނަމަވެސް ކުރެވޭ ދެރަ ކަންކަމެވެ. މިފަދަ ކުޑަ ކަމެއްގެ ސަބަބުން ކުށެއްނެތް އެތައްބައެއްގެ ފުރާނަދިޔުން، ނުވަތަ ޖިސްމާނީ އަނިޔާ ލިބެމުންދާކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މިއީ ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

ޤުދުރަތީ ޙާދިސާތައް

މިފަދަ އެކްސިޑެންޓްތައް މަދުކުރުމަށް ދުރާލައި އެކަމަށް ތައްޔާރުވުމުން، އެކްސިޑެންޓް ހިނގުމަށް އޮންނަ ފުރުޞަތު ކުޑަވެގެން ދެއެވެ. ނުވަތަ އެއެކްސިޑެންޓަކުން ލިބޭ ގެއްލުން ކުޑަވެގެން ދެއެވެ.

ކޮންމެ އެކްސިޑެންޓަކީވެސް އެއިގެ ސަބަބުން އެތައްބަޔަކަށް އެއިގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ފޯރާ ކަމެކެވެ. އެހެން ކަމުން އެކްސިޑެންޓްތައް މަދުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިއްމެވެ.

މިކަމަށްއޮތް އެންމެ ރަނގަޅު ހައްލަކީ ސްޕީޑް ދަށްކުރުމެވެ. މަގުމަތީގެ ގަވައިދުތަކަށް އަމަލު ކުރުމެވެ.