English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

މިއަހަރުގެ އާރތު އަވަރ، ހުޅުދޫ ސްކޫލްގެ ލިޓްލްމެއިޑް އަދި ގާރލް ގައިޑްގެ ދަރިވަރުން އިސްނަގައިގެން އެސްކޫލްގައި އިއްޔެ ހަވީރު ފާހަގަ ކޮށްފިއެވެ. މިހަރަކާުތުގައި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤުސަދަކީ ، ދުނިޔޭގެ ތިމާވެށީގެ ނާޒުކުކަން ދަރިވަރުންނަށާއި އާއްމުންނަށް ހާމަކޮށް ދިނުންކަމަށް ހުޅުދޫސްކޫލްގެ ގައިޑު ލީޑަރ އާއިޝަތު އަލިދީދީ ވިދާޅުވިއެވެ.މީގެ އިތުރުން ދުނިޔެ ހޫނުވުން ސަލާމަތް ކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއްމުންނަށް ދިނުންވެސް މިހަރަކާތުގެ މައިގަނޑު މަޤުސަދުތެރޭގައި ހިމެނޭކަމަށް ގައިޑު ލީޑަރ ވިދާޅުވިއެވެ.

މިއިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ބޮޑެތިމަގުތަކުގައި ބޭއްވުނު ހިގާލުމެއްގެ ގޮތުގައެވެ. މިހިގާލުމުގައި ދަރިވަރުން ތަފާތު މެސެޖު ލިޔެފައިވާ ބޯޑުތައް ހިފައިގެން ތަފާތު މެސެޖުތައް އާއްމުންނަށް ދެމުން ގެންދިޔައެވެ.

ހަމައެހެންމެ މީހުން ގިނަ ހިސާބުތަކަށް މަޑުކުރުމަށްފަހު، މިއަހަރުގެ އާރތު އަވަރގެ ޝިޢާރުކަމުގައިވާ ، ” ރެޑިއުސް،ރިޔޫސް ، ޗޭންޖު ދަވޭ ވީ ލިވް ” މި ޝިޢާރާއި ގުޅޭތުން އާއްމުންނަށް މައުލޫމާތު ދެވުނެވެ.

އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ރޭ 8.30 ހުން9.30 ށް ލިޓްލްމެއިޑް އަދި ގާރލް ގައިޑް ދަރިވަރުންގެ ގެތަކުން ކަރަންޓް ކަޑާލެވުނެވެ.