ސަދަން ޓްރާންސްޕޯޓް ލިންކުގެ ވެބްސައިޓް ރަސްމީކޮށް ލޯންޗު ކޮށްފިއެވެ.
ފުވައްމުލަކު ގައި ރޭ ބޭއްވި ރަސްިއްޔާތެއްގައި މި ލިންކު ލޯންޗު ކޮށް ދެއްވެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ސަދަން ޓްރާންސްޕޯޓު ލިންކަކީ އެމްޕީއެލް އިން ރާއްޖޭގެ އެންމެ ދެކުނުގައި ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ.
ރޭ އިފްތިތާހު ކުރި މި ވެބްސައިޓާއެކު ފުވައްމުލަކާއި ހުވަދޫ އަތޮޅުގައި ލޯންޗު ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބޭނެކަމަށް އެމްޕީއެލް ގެ ސީއީ އޯ ޝާހިދު އަލީ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވިއެވެ. ޝާހިދު ވިދާާޅުވީ އެމްޕީއެލް އާއި ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގިނަ ޝަކުވާ ހުށަހެޅިފައިވަނީ ޓިކެޓް ގަތުމުގައި ދިމާވާ މައްސަަލަތަކާއި ގުޅިގެން ކަމަށެވެ.
“މިހާރު އެ މައްސަލައަށް ހައްލެއް މި ލިބުނީ. ބޭނުން ކޮންމެ ގަޑިއަކަށް އަދި ބޭނުން ދުވަހަކަށް މިހާރު އޮންލައިންކޮށް ޓިކެޓް ބުކް ކޮށް ފައިސާ ވެސް ދައްކާލެވޭނެ. ޓިކެޓް ބުކް ކޮށްލުމުން އެސްއެމްއެސް އެއް ފޯނަށް ލިބޭނެ. އަދި ޝެޑިއުލް ކޮށްފައިވާ ލޯންޗް ފުލް ވެފައިވާ ނަމަ ވެއިޓިންގައި ވެސް ނަން ނޯޓުކޮށް 8 މީހުން ހަމަވެއްޖެނަމަ އެސްއެމްއެސް އަކުން ދަތުރު އޮތް ކަން އަންގައި ދެވޭނެ” ޝާހިދު ވިދާޅުވިއެވެ.
ވެބްސައިޓު މެދުވެރިކޮށް ދިވެހިންނަށްވެސް އަދި ބިދޭސިންނަށްވެސް އެޑްވާންސް ކޮށް ޓިކެޓު ބުކް ކުރެވޭނެ ކަމަށާއި ފައިސާ ދެއްކުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދީފައިވާނެ ކަމަށް ޝާޑު ވިދާޅުވިއެވެ.
އަލަށް އިފްތިތާޙް ކުރި މި ވެބްސައިޓް މެދުވެރިކޮށް 2 މަސް ކުރިއަށް ވެސް ބުކިން ހަދާލެވެއެވެ. އެހެން ކަމުން މިއީ އައްޑޫސިޓީން ފުވައްމުލަކަށް އަދި ފަރެސް މާތޮޑާ އަށް ދަތުރުކުރާ ފަރާތްތަކާއި އައްޑޫސިޓީގެ ވަކިން އޮންނަ ހުޅުމީދޫ އިން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ޓިކެޓް ބުކް ކުރުމަށް stl.mv ވެބްސައިޓް އަށް ޒިޔާރަތް ކޮށް ބޭނުންވާ ފެރީ ނުވަތަ ލޯންޗް ޚިޔާރު ކުރެވޭނެއެވެ.