English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫފޭދޫ އާއި މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަރަދޫފޭދޫ އާއި މީދޫގެ ބަނދަރު ހެދުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަކީ 110،000.00 ރުފިޔާ ކަމަށެވެ.

“ޑިޒައިން އެންޑް ބިލްޑް އޮފް ހާބަރ އަޕްގްރޭޑް” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓް މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިނެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަމުގައި ބައިވެރިވުމަށް 1500ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަން ޖެހޭއިރު މި ފައިސާއަކީ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެކެވެ. މިފައިސާ ބަލައިގަންނާނީ މި މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ މޭ މަހުގެ ދެވަނަ ދުވަހުގެ ވާ މެންދުރުފަހު 13:00ގައެވެ.