ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.
ޝަމްސުދީން ސްކޫލްގެ 12 އަހަރުން ދަށުގެ ފުޓްބޯލަ ޓީމްގެ ދައުވަތަކަށް ހުޅުދޫ ސްކޫލާއި ޝަމްސުއްދީނު ސްކޫލްގެ މެދުގައި އިއްޔެ އެކުވެރިކަމުގެ މެޗެެެއް ކުޅެފިއެވެ.
މި މެޗުގެ މައިގަނޑު މަޤުސަދަކީ ، މިއަންނަ މަހު ސ.ހިތަދޫގައި އެފް އޭ އެމް އިން އިންތިޒާމު ކޮށްގެން ބާއްވާ އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދަރިވަރުންނަށް ތަޖުރިބާ ހޯދުންކަމަށް، ދެ ސްކޫލުންވެސް މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން މިމެޗުގެ މަޤުސަދުގެ ތެރޭގައި ދަރިވަރުންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށް ދިނުމާއި ވާދަވެރި މާހައުލެއްގައި ކުޅޭނެގޮތް ދަރިވަރުންނަށް ދަސްކޮށްދިނުން ހިމެނޭކަމަށް، ހުޅުދޫސްކޫލްގެ ޓީމްގެ މެނޭޖަރ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
ސ.މީދޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވަނީ 0 -3 ން ޝަމްސުއްދީން ސްކޫލް ކާމިޔާބު ކޮށްފައެވެ.