English Edition
Dhivehi Edition

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން އައްޑޫސިޓީގެ ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (38އ) އެވެ.

ފުލުހުންގެ މީޑިއާ ގައި ވަނީ މި މީހާގެ ފޮޓޯ އާއެކު ވަނަވަރު އާންމުކޮށްފައެވެ. އަދި މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ވެސް ވަނީ އެދިލައްވަވާފައެވެ.