English Edition
Dhivehi Edition
އިސްލާމިކް ބޭންކްގެ އާ އޮފީސްހުޅުވުން-- ފޮޓޯ: ވަގުތު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީހެއް އީއެ ހުޅުވައިފި އެވެ.

ދަރުމަންވަންތަ ސްކޫލް ކުރި މަތީގައި ހުންނަ މި އޮފީސް ހުޅުއްވައި ދެއްވީ ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރް އެވެ.

މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބޭންކުތަކުގެ ވާދަވެރިކަން ގެނެސްދިނީ އިސްލާމިކް ބޭންކުން ކަމަށެވެ. އަދި އިސްލާމިކް ބޭންކަކީ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ގާއިމް ކުރެވުނު ބޭންކެއް ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ގާއިމްކުރި އިސްލާމިކް ބޭންކުގައި މިހާރު 80،000 ކަސްޓަމަރުން އެބަތިބި އެވެ. އަދި ހަ އަތޮޅެއްގައި އިސްލާމިކް ބޭންކުގެ ބްރާންޗުތަށް ހުޅުވާފައިވާއިރު 200 ވުރެ ގިނަ މުވައްޒިފުން އިސްލާމިކް ބޭންކުގައި މަސައްކަތް ކުރެ އެވެ.

2011 ވަނަ އަހަރު އުފެއްދި އެ ބޭންކަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ހާސިލް ކުރަމުން އަންނަ ބޭންކެކެވެ. އަދި އެ ބޭންކަކީ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 70 ޕަސެންޓް ހިއްސާވާ އަދި އަމަނާގެ ފަސް ޕަސެންޓް ހިއްސާވާ ބޭންކެކެވެ.