English Edition
Dhivehi Edition
ވާރޭވެހި ފެންބޮޑުވެފައިވާ ސ.މީދޫގެ މަގެއް-- ފޮޓޯ: ލުބްނާ އޭއޯނިއުސް

އައްޑޫސިޓީ ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގެ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އިރު، ގއ. ކަނޑުހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި ހެދުމަށާއި ތާރު އަޅައިގެން ޏ. ފުވައްމުލަކުގެ ރިންގްރޯޑު ހެދުމުގެ ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މި ތިން އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ހުޅުމީދޫމަގު ބަހާއުއްދީން މަގުގެ 2.02ކިލޯމީޓަރގެ ސަރަހައްދެއް ރަނގަޅުފެންވަރަކަށް ތާރުއަޅައި މަގުގައި ބައްތިޖަހައި ސައިޑް ވޯކް ގާއިމް ކުރެވޭނެއެވެ. މި މަޝްރޫއު 240 ދުވަސްތެރޭގައި ނިންމުމަށް އެމްޓީސީސީ އާވެވުވުނު އެއްބަސްވުމުގައި ބުނެފައިވެއެވެ. މި މަޝްރޫއަށް 32،719،385.70 ރުފިޔާ ޚަރަދުވެއެވެ.

މީގެ އިތުރުން ގއ. ކަނޑުހުޅުދޫ ބަނދަރުގެ ތޮށި ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 350 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 35،933،872.16 ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްރޫގެ ދަށުން، ފުވައްމުލަކު ސިޓީގެ ރިންގްރޯޑުގެ 2.7 ކިލޯ މީޓަރުގެ ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަަގު ބައްތި ޖަހާސައިޑް ވޯކް ގާއިމް ކުރާނެއެވެ. މިމަޝްރޫއަށް 32،042،893،70 ރުފިޔާ ހަރަދުވާނެއެވެ.އަދި އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެއެވެ.