English Edition
Dhivehi Edition

ލިޔުނީ: އައިޝަތް ލައިސާ ޝާހް/ ހިތަދޫ ސްކޫލް

ހިތަދޫ ސްކޫލްގެ މިއަހަރުގެ ތީމަކަށް ހަމަޖައްސައިފައި ވަނީ ” ޕޭރެންޓް ސްޓޫޑެންޓް ޓީޗަރ ރިލޭޝަންޝިޕް” އެވެ.

މި ތީމް ނެގުމުގެ އެންމެ ބޮޑު މަގްސަދަކީ ކުދިންނާއި ބެލެނިވެރިން އަދި ޓީޗަރުން ގެ މެދުގައި އޮންނަ ގުޅުން ބާރުވެރިކުރުމަށް ކަމަށް ސްކޫލުން ބުނެއެވެ. ސްކޫލް ގެ ޑެޕިއުޓީ ޕްރިންސިޕަލް އަދާލާ ވިދާޅުވި ގޮތުގައި މި ފަދަ ތީމެއްނަގާފައިވަނީ ބެލެނިވެރިންނާއި ޓީޗަރުން ގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ކުދިންގެ ކިޔެވުމުގެ ނަތީޖާތައް އިތުރަށް ރަނގަޅު ކުރުމަށެވެ.

މި ތީމް ވަނީ ތިން ބަޔަކަށް ބެހިފައެވެ. އެއީ މުވައްޒަފުން ބާރުވެރިކުރުމާއި ، ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން އަދި ކަންކަމުގައި ކުދިން ޝާމިލް ކުރުމެވެ. އަދި މި ތީމާއި ގުޅިގެން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ނިމިގެން ދިޔަ ފެބްރުއަރީ މަސް ތެރޭ ވަނީ ޕީޓީއޭ އިނޮގްރޭޝަން ރަން އެއްވެސް ވަނީ ބާއްވައިފައެވެ. މި ދުވުމުގައި ވަނީ ސްކޫލް ގެ ޓީޗަރުންނާއި ، ކުދިން އަދި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެފައެވެ. އަދި ސްކޫލް ގެ ލީޑަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައިވެސް ވަނީ މި ތީމާއި ބެހޭގޮތުން މައުލޫމާތު ދީ ޕްރެޒެންޓޭޝަންތައް ހުށަހަޅައި ފައެވެ.

މި ތީމާއި ގުޅޭގޮތުން ކުރިއަށް އޮތްތާގައި ވެސް އިތުރު ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތް ތަކުގެ ސަބަބުން ކުދިންނާއި ، ބެލެނިވެރިން އަދި ޓީޗަރުން ގެ މެދުގައި އޮންނަ ގުޅުމަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ޑެޕިޔުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.