އައްޑޫސިޓީގައި މުޅިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރަ (ސައުތު ޕާމް ރިސޯޓް މޯލްޑިވްސް) ގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމަށް އޮޕަންޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.
ސައުތު ޕާމް އިން “އޭއޯ ނިއުސް ” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ އަންނަ ޖޫން މަހުގައި ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ރިސޯޓަށް އައްޑޫސިޓީ އަދި ފުވައްމުލަކުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 4 ސަރަހައްދަކަށް ބަހާލައިގެން އޮޕަންޑޭއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ސައުތު ޕާމް މޯލްޑިވްސް އިން ބުނެއެވެ.
އެގޮތުން ބާއްވާ މި އޮޕަންޑޭ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެޕްރީލް 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
29 މާރޗް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ސ.އަތޮޅު މަދުރަސާގައި
30 މާރޗް 2019 ހެނދުނު 9:00 އިން ހަވީރު 5:00 އަށް ޝަރަފުއްދީން ސްކޫލްގައި
1 އެޕްރީލް 2019 ހެނދުނު 9:00 އިން ހަވީރު 5:00 އަށްފުވައްމުލަކު ޔޫތު ސެންޓަރުގައި
2 އެޕްރީލް 2019 9:00 އިން ހެނދުނު 9:00 އިން ހަވީރު 5:00 އަށްސައުތުޕާމް ފޭދޫ އޮފީހުގައި
އޮޕެންޑޭ ގައި ބައިވެރިވުމަށް ދާން ޖެހެނީ ސީވީ އާއި ސެޓްފިކެޓް އަދި ފަހުގެ ފޮޓޯއެއް ހިފައިގެންނެވެ.
ސައުތުޕާމް ރިސޯޓް މޯލްޑިވްސް އަކީ އައްޑޫސިޓީގެ މީދޫއާއި އިންވެގެން އޮތް 1.2 ކިލޯމީޓަރުގެ ރަށެކެވެ. 30 ވޯޓާ ވިލާއާއި 60 ބީޗް ވިލާ އަދި 40 އޯޝަން ވިލާ އާއެކު ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ގެ ފުރަތަމަ ފޭސްގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލާފައެވެ. މި ރިސޯޓުގެ މަސައްކަތް އެކީގައި ނިމިގެންދާއިރު 1800 މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.