English Edition
Dhivehi Edition

ލިޔުނީ: އަޙްމަދު މާޒިލް ޝިހާބް

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ޚާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިގޮތުން މާރޗް 19 ވަނަ ދުވަހު ، އެއިމްސް ޑައިގްނޯސްޓިކް ކެއާރ އާއި ވިމެންސް ސެންޓާރ ބައި ޔޫލިއާ ގުޅިގެން ހިތަދޫ ސްކޫލްގައި ވަނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެފައި ވަނީ އައްޑޫ ސިޓީގެ 3 ސްކޫލެއްގެ އަންހެން ސީނިއާރ ޕްރިފެކްޓުންނާ ޓީޗަރުންނެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ އެއިމްސް ސެންޓަރގެ ޑޮކްޓަރަކާއި ވިމެން ސެންޓާގެ ބައެއް ބޭފުޅުންނެވެ. މައުލޫމާތު ދިނުމަށް ޓަކައި ރޯލް ޕްލޭ ތަކާއި ގްރޫޕް މަސައްކަތްތަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއިމްސް ސެންޓާރ އިން މި ޕްރޮގްރާމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ސެންޓާގެ މާރކެޓިންގް އޮފިސާރ ސަހާ ފަހީމް ވިދާޅުވީ އެ ޕްރޮގްރާމް ހިންގެވުގެ މަގްސަދަކީ އަންހެނުންނަށް ދިމާވާ މައްސަލަތަކާއި، ބެހޭގޮތުން ސްކޫލް ކުދިންނަށާއި ޓީޗަރުންނަށް މައުލޫމާތު ދިނުން ކަމަށެވެ.

މިޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި އަދި އައްޑޫސިޓީގެ އަންހެން ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑުއެއްބާރުލުމެއް ޕްރޮގްރާމަށް ލިބެމުން ދާކަންވެސް ސަހާ ފާހަގަކުރެއްވިއެވެ.

މިފަދަ ޕްރޮގްރާމްތައް އެއިމްސްގެ ފަރާތުން މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.