މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ފައްޓަވަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހައްދަވާނެކަމަށެވެ.އެގޮތުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މާލެ އަށް ބަދަލު ގެނައުމަށްޓަކައި ވިޔަފާރި ބަނދަރާއި އެ ސަރަހައްދުގެ ވިޔަފާރިތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށާއި އެ ސަރަހައްދަށާއި މުޅި މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.