English Edition
Dhivehi Edition

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރު ސުޝްމާ މިއަދު ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.

ސުޝްމާގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައި ދެ ގައުމުގެދެމެދުގައި މިހާރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެކުލަވައިލާނެ އެއްބަސްވުންތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. އަދި އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގުޅުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނާވެސް ސުޝްމާ ބައްދަލު ކުރައްވާނެ އެވެ.