English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީއާ ވާދަކުރެވޭ ސިޔާސީ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ކުރިއަށް އޮތް ރަޔިތުންގެ މަޖިލިސް އިންތިހާބަށް ދުރާލާ ރާވައި، އިންތިޒާމްކޮށްގެން ސިޔާސީ ހަރަކާތް ހިންގަނީ އެމްޑީޕީ އެކަނި ކަމަށާއި އިންތިހާބުގައި އެމްޑީޕީއާ ވާދަ ކުރެވޭ އެހެން ސިޔާސީ ބަޔަކު ނެތްކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ސިޔާސަތުތައް އެކުލަވާލީ ރައްޔިތުން ކައިރިޔަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް އަޑުއަހާފައި ކަމަށާއި އެގޮތަށް އިންތިޒާމް ވެގެން ސިޔާސީ ހަރަކާތް ހިންގާ އެހެން ސިޔާސީ ޕާޓީއެއް ނެތްކަމަށެވެ. އަދި އެެހެން ހުރިހާ ސިޔާސީ ޕާޓީތައް ކުރާ މަސައްކަތަކީ ހަމައެކަނި އެމްޑީޕީއަށް ފާޑުކިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަކަށް ވާދަކުރައްވާ އީވާ ވިދާޅުވިއެވެ.