އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީސް ކައިރީ ހުޅުދޫ ގެ ޒުވާނުން މިއަދު ހެނދުނު މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާ ކޮށްފައިވަނީ އަވަށު އޮފީސް ހިންގުމާއި ހަވާލު ވެގެން ތިބި ސިވިލް ސާރވިސްގެ ދެބޭފުޅުން ގެ މަސައްކަތް އެކަށީގެންވާ ގޮތަށް ނުކުރައްވާތީ ކަމަށް ބުނެއެވެ.
މުޒާހަރާގެ ބައިވެރިޔަކު “އެއޯނިއުސް” އާ ވާހަކަ ދައްކަމުން ބުނީ، އަވަށު އޮފީސް ހިންގުމާއި ހަވާލުވެގެން ތިބި ސިވިލްސާވިސް ގެ އިސް ދެމުވައްޒަފުން ކަމަށްވާ އަލީ އަންވަރ އަދި މުސްތަފާ ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލު ވެފައި ކަމަށާއި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް މި ދެބޭފުޅުން ވަނީ ހުޅުދޫގަިއ ހިންގާ ޕްރޮޖެކްޓްތައް ދީފައި ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޮފީހަަށް ޚިދުމަތް ހޯދަން ދާ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ތައްވެސް އެ ދެބޭފުޅުން ގެންގުޅުއްވާ ކަމަށެވެ.
” ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް ހުރަސް ވެސް އަޅާ، މީގެ އިތުރަށް ރަށުތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކޮށް އަދި ކައުންސިލް މެމްބަރުންނަށް ފުރައްސާރަކޮށް ހަދާތީ މިހާރު އަވަށު އޮފީހުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައި” މުޒާހަރާގެ ބައިވެރިޔާ އޭއޯ ނިއުސް އަށް ކިޔައިދިނެވެ.
މުޒާހަރަގެ ބައިވެރިން ބުނެފައިވަނީ މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ގެ ބޭނުމަކީ އަވަށު އޮފީހުގެ މަސައްކަތް ހުއްޓިފައި ވުމުން އެކަންތައް ތައް ރަނގަޅު ކޮށް އޮފީހުގެ މަސައްކަތް ތަކަށް އިހުމާލު ވަމުންދާ އިސް ދެ ބޭފުޅުން އެމަގާ މުން ދުރުކުރުމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން ބަހެއް ހޯދާލުމަށް ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމަށްވާ އަލީއަންވަރާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވުމުން ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.