English Edition
Dhivehi Edition

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުން 7،000 ފްލެޓް ލިބުނު ކަމުގެ ލިއުން ދީފައިވާ މީހުންނަށް އެ ފްލެޓްތައް ކަށަވަރުވާނެތޯ އޮޅުންފިލުވަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ރިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދާ ހަވާލާ ދެއްވައި މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފަށައި ހައްގުވެރިން ކަނޑައަޅާފައިވާ ފްލެޓްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށެވެ.އެހެންކަމުން އެ ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަން ސާފުކޮށްދެއްވައި އަދި އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ވާނެ ގޮތެއް ވެސް އޮޅުންފިލުއްވައި ދެއްވަންރިފާއު ވަނީ އެދިވަޑައިގެންފަ އެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތުހަމަވެ ފްލެޓް ލިބުނު މީހުން ގެޒެޓްކޮށް ބައެއް މީހުންނާ ވަނީ ލިއުން ހަވާލުކޮށްފަ އެވެ.