English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރު ނެގުން މިރޭ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ގުރު ނެގުން އޮންނާނީ މިރޭ 9:45 އިން 10:45 އަށް އިންތިހާބާ ބެހޭ މައި މަރުކަޒު ކަމަށްވާ ބައު ޖަމާލުއްދީން ސުކޫލްގެ ހޯލްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ސިޓީ މިހާރު ފޮނުވާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި 507 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާއިރު މިއިންތިހާބުގައި 264589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ކަމަށް ވާއިރު، މި އިންތިހާބުގައި މަޖިލީހުގެ 87 ދާއިރާއަށް 395 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.