English Edition
Dhivehi Edition

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީރެޖިސްޓްރީވާން ހުޅުވާލައި މުއްދަތު ހަމަވާން އޮތް ދުވަހު 12 ހާހަށްވުރެ ގިނަ ފޯމް ހުށައަޅާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ރޭ ދަންވަރަށް ނިމުނު އިރު، 21،203 ފޯމްގެ ތެރެއިން ތިންބައިކޮށްފަ ދެބައި ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެހެންކަމުން ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ކުރަން ދެ ދުވަހެއްވަރު ނަގާނެ ކަމަށް އީސީން ބުނެއެވެ. އަދި ފޯމްތައް އެންޓާ ކުރުމަށް ފަހު، ޝަކުވާއަށް އަލުން ވޯޓާޒް ލިސްޓް އާންމުކުރާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރީރެޖިސްޓްރީ ކުރުމަށް ހުށައަޅަން ޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީފޮށި ބަދަލުވާ ފަރާތްތަކުންނެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ.

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރާނީ 395 ކެންޑިޑޭޓުންނެވެ.