English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ސެކެރެޓަރީ ޖެނެރަލް:-

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރެޖިސްޓާވި މީހުން އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން އިއުލާނުކުރިގޮތުން 4651 މީހަކު އަލުން ރީރެޖިސްޓާވާން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަލުން ރެޖިސްޓާވުމުގެ ފުރުސަތު އޮތް މީހުންގެ ލިސްޓެއްވެސް އެ ކޮމިޝަނުން މިއަދު އިއުލާނުކުރިއެވެ.

އިލެކްޝަންސް އިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ބޭރު ޤައުމުތަކާއި ސިނާއީ ސަރަހައްދު އަދި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ.

އިލެކްޝަނުގެ ލިސްޓުގައިވާ މީހުންގެ ތެރެއިން ރަޖިސްޓާވާން ފުރުސަތު ހުޅުވާލީ މީހުން އަންނަ ބުރާސްފަތި ދުވަހުގެ 16:00 ކުރިން ރަޖިސްޓާވާންޖެހެއެވެ. އެމީހުންވެސް ރަޖިސްޓްރީ ވާނީ އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު މެދުވެރިކޮށް ރީ ރެޖިސްޓާވާނަމަ, ރަށު ކައުންސިލާއި ސިޓީތަކުގެ އަވަށު އޮފީސްތަކަށް ފޯމު ހުށަހެޅޭނެ ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އިލެކްޝަނުން މިއަދު ބުންޏެވެ.

ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ ބައެއް ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެހެންކަމުން އެ ތަންތަނުގައި ރަޖިސްޓްރީ ކުރި މީހުން ވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުސަ އަލުން ވަނީ ހުޅުވާލާފައެވެ.