English Edition
Dhivehi Edition

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ގަވައިދު ގައި ވާގޮތުން ހިމަނަން ޖެހޭ ނަމޫނާ މަންޒަރުތަކާއި އާ އިންޒާރުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށް ފިއެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ގަވައިދަށް އަމަލު ކުރަން ފަށާނީ މޭ މަހުގެ 31ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން މި އަމަލުކުރަން ފަށަން ޖެހޭ ގަވައިދުގައި ވާގޮތުން ދުންފަތުގެ ހުރިހާ ބާވަތްތަކެއް ޕެކެޓްކޮށް ލޭބަލްކުރުމުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ސިއްހަތުގެ އިންޒާރުތަކާއި މަންޒަރުތައް ހިމަނަންޖެހެއެވެ.

ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްޙަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ލާޒިމު ކުރާ ކަންކަމެވެ.

ދުންފަތުގެ ބާވަތްތަކުގެ ވަބާގައި ރާއްޖޭން ޖެހިފައިވާ މީހުންނަށް އެކަން ހުއްޓުވުމަށް ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްޙީ އިންޒާރު ޖެހުމަށާއި، ވަކި ސިނގިރޭޓް ވިއްކުން ހުއްޓާލުމަށް ޤަވާޢިދު އެކުލަވާލައި މިހާރު ވަނީރާއްޖެގައި ވަކިން ސިނގިރޭޓް ވިއްކުން ހުއްޓު ވުމަށް އަންނަ މޭއި 31 އިން ފެށިގެން އެގަވައިދަށްވެސް އަމަލު ކުރަންނިންމާފައެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ ބާވަތްތަކުގައި މި މަންޒަރުތަކާއި އިންޒާރުތައް ހިމަނަން ނިންމީ 2004ވަނަ އަހަރުން ފެށިގެން ޖަހަމުންގެންދާ “އާދައިގެ” އިންޒާރުތަކުގެ ސަބަބުން އެކަށީގެންވާ ބަދަލެއް ނައުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ދުންފަތުގެ ނުރައްކަލާ މެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

1 ކޮމެންޓް
ނަންނުޖަހާ
ނޮވެމްބަރު 22, 2019
ލޭބަލްގަ ކޮންމެއެއްޗެއް ކުރެހިއަސް އަދި ޖެހިއަސް ސިގިރޭބޯން ދެވިހިފާފަހުރި މީހަކު ހުއްޓައެއްނުލާނެ އަމިއްލަ ހަށިގަނޑަށް ކުރާ އަނިޔާ ނޭންގޭއެއް ނޭންގޭނެ މީ ވަރަށް ދެރަކަމެއް......????