English Edition
Dhivehi Edition

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ދެ ބޯޓެއް އެމްއެންޑީއެފް އިން އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވާ ގޮތުގައި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތީޞާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު އަވަށްޓެރި ސްރީލަންކާގެ ދެ މަސްބޯޓު އަތުލައިގެނެފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ލަންކާގެ މި ދެ ބޯޓް އަތުލައިގަތީ އެމްއެންޑިއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އިން ކަމަށާއި، ބޯޓުތައް އަތުލައިގަތް އިރު އޮތީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭރު ބޭރުގައި، ރާއްޖޭގެ އީއީޒެޑް އިން ޤަޥާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އަތުލައިގަތް ލަންކާގެ ދެ ބޯޓު ހދ. ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޯޓުތައް ކުޅުދުއްފުއްޓަށް ގެނެވޭނެ ގަޑިއެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ. ދާދިފަހުން ރާއްޖޭގެ ބޯޓެއް މަލިކު ކައިރިން މަސްވެރިން ކުރަން އުޅެނިކޮށް އިންޑިޔާއިން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އެ ބޯޓު ފަހުން ވަނީ ދޫކޮށްލާފައެވެ.