English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުން ގިނަ އުއްމީދުތަކަކާއެކު ދާއިރާ ތަމްސީލުކޮށް ދާއިރާގެ ހެވާއި ލާބައަށް މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ ފަރާތުން މަޖިލިހަށް ފޮނުވާ މެމްބަރުން ދާއިރާ ތަމްސީލު ކުރާ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމަށް މެމްބަރުން އިންތިޚާބު ކުރުމުގައި ކޮންމެ ދާއިރާއެއްގެ ރައްޔިތުންވެސް ބޭނުންވަނީ އެދާއިރާއަކުން ހޮވާ ކެންޑިޑޭޓަކީ ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލިހުގެ ތަޅުމުގައި އިއްވައިދޭ ހުރިހާ ގޮތަކުން ނަމޫނާ މެމްބަރަކަށް ވުމެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ މަޖިލިހުގެ ޖަލްސާތަކުގެ ހާޒިރީއެވެ.

މަޖިލިހުގެ ފާއިތުވި ދައުރުގެ ޖަލްސާތަކުގެ ހާޒިރީއަށް ބަލާއިރު އެންމެ ފަރުވާތެރިކަމާއެކު ޖަލްސާތަކުގައި ބައިވެރިވެ ދާއިރާއަށްޓަކައި ހިތްމަތާއެކު މަސައްކަތްކޮށްދެއްވެވި މެމްބަރަކަށް އައްޑޫސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ހިމެނިވަޑައިގަންނަވައެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި ދާއިރާގެ ފުރިހަމަ ތާއީދާއެކު ފޭދޫ ދާއިރާ ތަމްސީލުކުރެއްވުމަށް 2014 ވަނަ އަހަރު ނިކުމެވަޑައިގެންނެވި އައިބީ، މެމްބަރެއްގެ ގޮތުން އެންމެ ފުރަތަމަ “އޭއޯ” އަށް ދެއްވެވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އައިބީ ވެގެންދާނީ މަޖިލިހުގައި ނަމޫނާ މެމްބަރަކަށް ކަމަށެވެ. މަޖިލިހުގެ ތަޅުމުގައި ރިވެތި އަޚުލާގާއި ސުލޫކުގައި ހިފަހައްޓާ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާފަދަ މެމްބަރަކަށް ކަމށެވެ.

އައިބީގެ ދައުރު ފުރިހަމަ ވެގެންދަނީ މިވާހަކަ ތަކުގެ ތެދުކަން ހާމަކޮށްދެއްވަވަމުންނެވެ. އައިބީ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކު މަޖިލިސް ޖަލްސާތަކުގެ ހާޒިރީން އެއްވަނަ މެމްބަރުގެ ގޮތުގައެވެ. ދުވަހަކުވެސް މަޖިލިހުގެ ތަޅުމުގައި ހުތުރު ބަހުރުވަ ބޭނުންކޮށްފައެއް ނުވެއެވެ. ޒުވާބުކޮށް މާރާމާރީ ހިންގަވާފައެއް ނުވެއެވެ. ކުރެއްވެވި ކޮންމެ މަސައްކަތެއް ކުރެއްވެވީ ދާއިރާގެ ހައްގުގައި ދާއިރާއަށްޓަކައެވެ.

2014 ވަނަ އަހަރު މަޖިލިހުގެ 2 ވަނަ ދައުރުގައި 30 ޖަލްސާ ބާއްވާފައިވާއިރު އައިބީ ވަނީ ހުރިހާ ޖަލްސާތަކަކަށް ހާޒިރުވެވަޑައިގެންފައެވެ. 3 ވަނަ ދައުރުގައި 29 ޖަލްސާ ބާއްވާފައިވާއިރު އޭގެ ތެރެއިން 26 ޖަލްސާގައި އައިބީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި 23 ޖަލްސާ، 2 ވަނަ ދައުރުގައި 28 ޖަލްސާ އަދި 3 ވަނަ ދައުރުގައި 22 ޖަލްސާ ބޭއްވިފައިވާއިރު،3 ވަނަ ދައުރުގެ އެންމެ ޖަލްސާ އެއް ފިޔަވައި ހުރިހާ ޖަލްސާއަކަށް ފުރިހަމައަށް އައިބީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

2016 ވަނަ އަހަރު ފުރަތަމަ ދައުރުގައި 28 ޖަލްސާ، ދެވަނަ ދައުރުގައި 17 ، 3 ވަނަ ދައުރުގައި 16 ޖަލްސާ ބޭއްވިފައިވާއިރު އައިބީ އަށް ވަޑައިނުގެންނެވި އޮތީ ފުރަތަމަ ދައުރުގެ އެންމެ ޖަލްސާއަކަށެވެ.

2017 ވަނަ އަހަރު މަޖިލިހުގެ 3 ދައުރުގެ ހުރިހާ ޖަލްސާއަކަށް އައިބީ ވަނީ ހާޒިރުވެވަޑައިގެންފައެވެ. އެއީ ފުރަތަމަ ދައުރުގައި 14، 2 ވަނަ ދައުރުގައި 11، އަދި 3 ވަނަ ދައުރުގައި ބޭއްވި 11 ޖަލްސާއެވެ.

2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި 2 ޖަލްސާއާއި ފުރަތަމަ ދައުރުގެ 13 އަދި ދެވަނަ ދައުރުގެ 11 ޖަލްސާއަށް ފުރިހަމައަށް އައިބީ ވަޑައިގެންނެވި އިރު 3 ވަނަ ދައުރުގެ 22 ޖަލްސާގެ ތެރެއިން ވަޑައިގެންނެވިފައިނުވަނީ އެންމެ 2 ޖަލްސާއަށެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ބޭއްވިފައިވާ 4 ޖަލްސާއަށް ވެސް އައިބީ ވަނީ ފުރިހަމައަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެ ދާއިރާގެ ހައްގުގައި ވާހަކަ ދައްކަވާފައެވެ.

 

ދައުރު ފުރިހަމަ ވެގެންދާއިރު އައިބީ ފާހަގަކޮށްލެވެނީ ވައުދު ފުއްދަވާ އަދި ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވެވި ހީވާގި މެމްބަރެއްގެ ގޮތުގައެވެ. މި މަސައްކަތާއެކު 19 ވަނަ މަޖިލިސް އިންތިޚާބަށް ފޭދޫދާއިރާއިން އަމިއްލަ ގޮތުން ވާދަކުރެއްވެވުމަށް ކުރިމަތިލައްވަވާފައިވާއިރު އައިބީ ކޮށްދެއްވެވި ކަންތައްތައް ފޭދޫގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.