English Edition
Dhivehi Edition

“އެޖެންޑާ 19” އައްޑޫ މީދޫ ދާއިރާގެ ޖަލްސާ މިރޭ މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޖެންޑާ 19 އަކީ އެމްޑިީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކެމްޕެނުގައި ބޭނުން ކުރަމުން އަންނަ ޝިއާރެވެ. މި ޝިއާރުގެ ދަށުން އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރައްވަވާ ހުރިހާ ދާއިރާ ތަކުގައި އެޖެންޑާ 19 ގެ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ބާއްވާ މި ޖަލްސާގައި ފިނެންސް މިނިސްޓަރާއި އެމްޑީޕީގެ އިސް އޮފިޝަލުންގެ އިތުރުން މަޖިލިހުގެ އެދާއިރާގެ ގޮނޑިއަށް ވާދަކުރައްވަވާ އަދި މިހާރުގެ ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އައްޑޫގެ މަޝްހޫރު މިޔުޒިކް ފަންނާނުން ހިމެނޭ ބޭންޑަކުން ހުށަހަޅާ ލައިވް މިޔުޒިކާއެކު ކުރިއަށް ގެންދާ މި ހަފްލާގައި ދާއިރާގެ ރައްޔިތުންނަށް ހާއްޞަކޮށްގެން ކެއުމެއް ވެސް އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން މި ހަލްފާގެ ޚާއްޞަ އިވެންޓެއްގެ ގޮތުގައި މައުރޫފް ޚަލީލް (މާޕު) ގެ ލައިވް ޕާފޯމަންސް އޮންނާނެއެވެ. މި ޝޯގައި ދާއިރާގެ ކެންޑިޑޭޓް ރޮޒޭގެ ކެމްޕެއިން ލަވަ ލޯންޗްކުރުންވެސް އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް މަރަދޫފޭދޫ އަދި މީދޫ ގެ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.