English Edition
Dhivehi Edition

ބިހަކީ އޭގައި “ޕްރޮޓީން” އިން މުއްސަނދި ކާނާ އެއްކަން އެންމެނަށް ވެސް އެނގޭ ހަގީގަތެކެވެ. ބިހުގައި ހުންނަ ހުދުބައިގައި 6ގ ޕްރޮޓިން ހިމެނެއެވެ.ނަމަވެސް ބިސް ހުގެ ހުދުބައިގައި ޕްރޮޓީން ހިމެނޭ އިރު ކެއުމުގައި ބިސް ބޭނުން ކޮށްލުމުން އޭގެ ގޮބޮޅީގައި ހިމެނޭ ފެޓް ގެ ސަބަބުން ސިއްޚަތަށް ގެއްލުން ވާފަހަރު އާދެއެވެ. އެހެން ވީމަ ކެއުމުގައި ޕްރޮޓީން އިން މުއްސަނދު ވެފައިވާ އެހެނިހެން ކާނާ ބޭނުން ކޮށްލުނަ ވަރަށް މުހިންމެވެ.

ތިތީގައި މިވަނީ ބިހުގެ ބަދަލުގައި ބާޒާރުން ލިބެން ހުންނަ “ޕްރޮޓީން” އިން މުއްސަނދި ވެފައިވާ ބައެއް ކާނާއެވެ

ސޯއިބީން

ސޯއި ބީންސް އަކީ އޭގައި ފެޓް ވަރަށް ދަށް އެހެން ނަމަވެސް ޕްރޮޓީން ވަރަށް ހައި އެއްޗެކެވެ. މީގެ އިތުރުން ކެލްޝިއަމް، ފައިބަރ، އަޔަން، މެގްނެޝިއަމް، ޕޮސްޕެރަސް އަދި ޕޮޓޭޝިއަމް ސޯއީ ބީންސްގައި ހިމެނެއެވެ. ކައްކާފައި ހުންނަ އެއް ޖޯޑްގެ ސޯއީ ބީންސްގައި 28ގ ޕްރޮޓިން ހިމެނެއެވެ.

ގްރީކް ޔޯގަޓް

ޕްލެއިން ގްރީކް ޔޯގަޓްއަކީ އޭގައި ނިއުޓްރިއެންޓްސް އަދި ވަރަށްގިނަ ސިއްޚީ ފައިދާ އެކުލެވޭ އެއްޗެކެވެ. ސްނެކް އެއްގެ ގޮތުގައި ބޭނުންކޮށްލަން އެންމެ ރަނގަޅު ފެޓް ފްރީ ގްރީކް ޔޯގަޓް ގައި 12 -17.3ގ ޕްރޮޓީން ހިމެނެއެވެ.

ބަރަބޯ އޮށް

ބަރަބޯ އޮށަކީ އޭގައި މެގްނެޝިއަމް ގެ އިތުރުން ޕްރޮޓިން އިން މުއްސަނދި އޮށެކެވެ. 30ގ ބަރަބޯ އޮށުގައި 9ގ ޕްރޮޓީން ހިމެނެއެވެ.

ސަނާމުގު

ސަނާމުގު ގައި އަޔަން، ޕޮސްޕޭޓް، ކެލްޝިއަމް، މެގްނޭޒިއަމް، ޒިންކް އަދި ވިޓަމިން ކޭ ހިމެނެއެވެ. ސަނާމުގުން ރިހަ ކައްކައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. އަދި ހަނާ ކޮށްލައިގެން ވެސް ބޭނުން ކޮށްލެވިދާނެއެވެ. އެއްޖޯޑް ސަނާ މުގުގައި 12ގ ޕްރޮޓީން ހިމެނެއެވެ.

ކޮޓެޖް ޗީޒް

ކޮޓެޖް ޗީޒް އަކީ އޭގައި ކެލޮރީސް ވަރަށް ދަށް އެހެން ނަމަވެސް ޕްރޮޓީން ވަރަށް ހައި އެއްޗެކެވެ. ކޮޓެޖް ޗީޒް ގައި ނިއުޓްރިޝަން ވެސް ހިމެނެއެވެ. 100ގ ކޮޓެޖް ޗީޒްގައި 23ގ ޕޮރިޓީން ހިމެނެއެވެ.

ލެންޓިލްސް (މުގު)

ލެންޓިލްސް ނުވަތަ މުގު ގައި ޕްރޮޓީންގެ އިތުރުން ފައިބާ ހިމެނެއެވެ. މުގަކީ ހަށިގަނޑުގައި ހުންނަ ފެޓްސް ނައްތާލަ ދޭ އެއްޗެކެވެ. ކައްކާފައި ހުރި އެއްޖޯޑް މުގުގައި 14-16ގ ޕްރޮޓީން ހުރެއެވެ.

ޕްރޮޓީން އިން މުއްސަނދި މި ތަކެއްޗަކީ ރާއްޖޭގެ ބާޒާރުގައި ވެސް ފަސޭހަކަމާ އެކު ލިބެން ހުންނަ ތަކެއްޗެވެ. އަޅުގަނޑު މެން ކޮންމެ ދުވަހަކު ކެއުމުގައި މިއިން ކޮންމެވެސް އެކައްޗެއް ބޭނުން ކޮށް ލުމުން ހަށިގަނޑަށް އެ ދުވަހަކަށް ބޭނުންވާ ޕްރޮޓިން ލިބިގެންދާނެއެވެ.