English Edition
Dhivehi Edition

ނޭޕާލްގެ ޓޭޕަލްޖަންގުން ތެރެތަމްއަށް ދަތުރުކުރި ހެލިކޮޕްޓަރު މިއަދު ވެއްޓި އެއިން ދަތުރުކުރި އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރާއި އިތުރު ހަ މީހަކު މަރުވެއްޖެއެވެ. މިހާދިސާގައި މަރުވީ އެގައުމުގެ ޓޫރިޒަމް މިނިސްޓަރ ރަބިންދުރާ އަދިކާރީ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕަތިވަރާ ކިޔާ ސަރަހައްދަކަށް ޓޫރިޒަމް މިނިސްޓަރު މިއަދު ޒިޔާރަތް ކުރައްވާފައި ވަނީ އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއެއް ހިންގުމަށް ތައްޔާރުވުމަށެެވެ. ޕްރައިވެޓް ހެލިކޮޕްޓަރެއްގައި އެމަނިކުފާނު ދަތުރުކުރައްވާފައިވާ އިރު، ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ސަރަހައްދު ބެލުމަސްފަހު އަނބުރާ ދިޔަ މަގުމަތީގައެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ވެރިރަށް ކަތަމަންދޫއަށް ގެންދެވިފައެވެ. އޭގެ ތެރޭގައި އަދިކާރީގެ ހަށިގަނޑުވެސް ހިމެނެއެވެ.
ނޭޕާލަކީ ވައިގެ ހާދިސާތައް ގިނަ ގައުމެކެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ވެރިރަށް ކަތަމަންޑޫއާއި 240 ކިލޯމީޓަރު އުތުރަށެވެ.