އޮފީސްތަކުގައްޔާއި އި އެހެނިހެން މާހައުލު ތަކުގައި ގިނަވަގުތު އިށީނދެގެން ތިބެ މަސައްކަތް ކުރާ މީހުންނަށް ދިމާވާ އެންމެ ބޮޑު ހިތާމައަކީ ހަށިގަނޑު ފަލަވުމެވެ. ގިނަފަހަރު މޭޒުދޮށުގައި އިށީނދެ ތިބެ ޖަންކްސް ފުޑް ކައި ތެދުވެ ނޫޅެ އުޅުމުން ހީވެސް ނުކުރާހާ ބޮޑެތި ބަދަލު ހަށިގަނޑަ ށް އައިސް މީހާ ފަލަވެއެވެ. މިގޮތަށް ކަސްރަތު ނުލިބި ދުވަހުގެ ގިނަވަގުތު ހޭދަވުމުން ހަކުރު ބައްޔާއި ހިތުގެ ބައްޔަށްވެސް މަގުފަހި ކޮށްދެއެވެ.
މިކަންކަމުން ދުރުހެލިވުމަށް އަޅުގަނޑުމެންކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނެޓްވަންދެން ކަސްރުތުކުރުން މުހިންމެވެ. އެގޮތުން ހިނގުން، ޖޮގިން އަށް ދިއުން ނޫނީ ބައިސްކަލް ދުއްވާލިޔަސް އެދުވަހަށް ވާވަރަށް ކަސްރަތު ލިބޭނެއެވެ. ނަމަވެސް ދިރިއުޅުމަށްޓަކައި ފައިސާ ހޯދަންޖެހޭތީވެ ވަޒީފާގައި އުޅުމަށްފަހު ގިނަމީހުންނަށް ކަސްރަތު ކުރާނެ ވަގުތެއް ވަނީ ނުވެފައެވެ. ވަރަށް އާދައިގެ ގޮތަކަށް ވަޒީފާގައި ހޭދަކުރާ ވަގުތު ހޭދަކޮށްލުމުން ރީތި ހަށިގަނޑެއް ބައްޓަން ކުރެވިދާނެއެވެ.
ތިރީގައި މިވަނީ ވަޒީފާގައި ގިނަވަގުތު އިށީނދެ އިނދެގެންވެސް ހަށިގަނޑު ރީތިކޮށް ބެހެއްޓިދާނެ 5 ގޮތެއް:
– ޖަންކްފުޑްސް
އެއްގޮތަކަށްވެސް ބިޒީވިޔަސް ޖަންކްފުޑް ބޭނުން ނުކުރާށެވެ. އާންމުކޮށް އޮފީސްތެރޭގައި ބިޒީވެގެން ކެއުމަށް ބޭރަށް ނުދެވުމުން ކޯކް، ޗިޕްސް، ބިސްކޯދް ފަދަ ތަކެތި ގަނެފައި ބެހެއްޓުމަށްފަހު ކެވެއެވެ. ޖަންކްފުޑަކީ އޭގައި ނިއުޓްރިޝަން ނުހިމެނޭ އެހެން ނަމަވެސް ކެލޮރީޒް އިން މުއްސަނދި އެއްޗެކެވެ. ޖަންކް ފުޑްގެ ބަދަލުގައި ސްނެކް އެއްގެ ގޮތުގައި ތާޒާ ފުރުޓް ބޭނުން ކޮށްލާށެވެ.
– ސިޑި
ވަޒީފާއަށް ދާން ގެއިން ނިކުންނަ އިރު ނޫނީ އޮފީހަށް ވަންނަ އިރު ލިފްޓް ގެ ބަދަލުގައި ސިޑި ބޭނުން ކުރާށެވެ. ބިޒީ ކޮށް އުޅެ ކަސްރަތު ކުރާނެ ވަގުތު ނުލިބޭ ނަމަ ސިޑިން އަރާފޭބުމުން ލިބިދޭ ކަސްރަތުވެސް ފުދެއެވެ. ހެލްތް ޕްރޮމޯޓަން ބޯޑް އިން ބުނެފައިވާގޮތުގައި 7500 ނޫނީ 10000 ސްޓެޕް ނަގައިފިއްޔާ ލޭގެ ޕްރެޝަރ ރަނގަޅުވެ ކޮލެސްޓްރޯލް ވިރުވާލަދޭނެއެވެ.
– މެންދުރުގެ ކެއުން
އޮފީހުގައި ބިޒީ ވުމުން ގިނަފަހަރު އަޅުގަނޑުމެން ގޮނޑީގައި އިށީނދެ އިނދެ ގުޅާލެވެނީ ކޮންމެވެސް ކާއެއްޗެއް ގަނެލުމަށެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑަށް ބޭނުން ނުވާ މާއްދާ ތައްހިމެނޭ ކާނާ ކެވުމެވެ. ބިޒީ ކޮށް އުޅެމުންވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުން ނަމަ ގޭގައި ފައިދާހުރި ކާނާއެއް ތައްޔާރު ކޮށްލުމަށް ފަހު ލަންޗް އަށް ގެންނާށެވެ.
– ހެލިފެލިވެ އުޅުން
އޮފީސްތެރޭގައި ބިޒީކޮށް މަސައްކަތުގައި އިށީނދެލައިގެން ގިނަވަގުތު އިންނަން ޖެހުނަސް ގަޑިއެއްގެ ތެރޭގައި 2-3 މިނެޓަވަންދެން ގޮނޑިން ތެދުވެލައިގެން ކުޑަކޮށް ހިނގާލާ ދެންތިބޭ މުވައްޒަފުންނާ ކުޑަކޮށް ވާހަކަ ދައްކާލުން މުހިންމެވެ. ކުޑަ ކުޑަ ކޮށް ހެލިފެލިވެ އުޅެލުމުންވެސް ހަށިގަނޑުން ސަރުބީތައް ކޮންމެވެސް ވަރަކަށް ވިރިގެންދާނެ އެވެ.
– ފެން
ފެނަކީ ހަށިގަނޑަށް އެންމެ ބޭނުން ވާއެއް މާއްދާއެވެ. އެހެންކަމުން އަބަދުވެސް އޮފީސް މެޒުދޮށުގައި ފެންފުޅިއެއް ބެހައްޓުމަށް ފަހު ފެންބޯށެވެ. މީހާ ހައިޑްރޭޓް ކޮށް ހުރުމަކީ ވެސް ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް 3 ލީޓަރ ފެން ބޯން އާދަކުރާށެވެ.