English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ސައުތެމްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލް ލީގުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި އެއްވަރުވުމުގެ ފައިދާ ނަގައި އާސެނަލް ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައިވަނީ ރޭ ކުޅުނު މެޗު 2-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މަޗުން ޔުނައިޓެޑް އާއި އެއްވަރުކޮށް ލިވަޕޫލް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް އޮތީ 27 މެޗުން 60 ޕޮއިންޓާ އެކު އެވެ. އަދި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން ހޯދި މޮޅާ އެކު އާސެނަލް ވަނީ 27 މެޗުން 53 ޕޮއިންޓް ހޯދައި ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 27 މެޗުން 52 ޕޮއިންޓާ އެކު އެވެ.

އާސެނަލުން ސައުތެމްޓަން ބަލިކުރި މެޗުގައި ދެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު ހެންރިކް މިކިތާރްޔަން ނަގައިދިން ބޯޅައަކުން އަލެކްޒެންޑަ ލަކަޒެޓް ޖެހިއިރު ދެ ވަނަ ގޯލު އޭގެ ކުޑައިރުކޮޅެއްފަހުން ޖެހީ މިކިތާރްޔަން އެވެ.