އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެއްވަނާގައި އޮތް ލިވަޕޫލްއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލި މެންޗެސްޓާ ޔުނައިޓެޑާއި ކުޅުނު މެޗުގައި ލަނޑެއްނުޖެހި އެއްވަރުވެއްޖެއެވެ.
ރޭގެ މެޗުން އެއްވަރުވެ ޔުނައިޓެޑް ވަނީ ލީގުގެ ފަސްވަނަ މަގާމަށް ވެއްޓުނު އިރު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ވަނީ ލީގުގެ ފަސްވަނަ މަގާމަށް ވެއްޓިފައެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް އޮތީ 27 މެޗުން 60 ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 2-0 އިން ހޯދި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ހަތަރަކަށް އަރައިފަ އެވެ. އާސެނަލަށް ވަނީ 27 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 27 މެޗުން 52 ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑްގެ އޯލްޑްޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 20 މިނެޓްގައި އަނިޔާގެ ސަބަބުން ޔުނައިޓެޑަށް ވަނީ ތިން ބަދަލެއް ކުރަން ޖެހިފަ އެވެ. އެންޑަ ހެރޭރާ އާއި ހުއާން މަޓާ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެސޭ ލިންގާޑް ވަނީ ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ދަނޑައަށް އެރިތާ 20 މިނިޓަށް ފަހު ބަދަލުކުރަން ޖެހިފައެވެ.
ރޭގެ މެޗުގައި ލިންގާޑް ބަދަލު ކުރަން ޖެހުނު އިރު މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބި ބޭކާރު ވެފައިވަނީ ވެސް ލިންގާޑް އަތުންނެވެ. ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހުސްކޮށްލާފައި އޭރިއާ ތެރެއިން ލިންގާޑަށް ދިން ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ކައިރިން ނައްޓާލުމަށް ފަހު ޖަހަން އުޅުމުގެ ތެރޭގައި އޭނާ ވަނީ އެހަމަލާ މަތަކޮށްފައެވެ.
މި ތިން ކުޅުންތެރިންނަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުނުއިރު ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް ވެސް ނުކުޅެއެވެ. ފަރިތަކުރުންތަކުގައި މަޓިޗަށް އަނިޔާވެ ދެ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭއިރު އެންތަނީ މާޝިއަލްވެސް އަނިޔާގެ ސަބަބުން ހުރީ ކުޅުމާއި ދުރުގައެވެ. ތިން ބަދަލު މެޗުގެ ކުރީ ބައިގައި ކުރަން ޖެހުމުގެ ސަބަބުން މާކަސް ރަޝްފާޑް ވެސް ކުޅުނީ އަނިޔާގައި ހުރެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އަށް އަނިޔާވުމުން އެޓީމުން ވަނީސެޕްޓެމްބަރ މަހުގެ ފަހުން ފުރަތަމަ ފަހަރަށް ޑެނިއެލް ސްޓަރިޖް ކުޅެން އަރުވައިފައެވެ
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޖޮއެލް މަޓިފް އަތުން ބައިކޮޅަށް ގޯލެއް ވަތް ނަމަވެސް އޭގެ ކުރިން ޔުނައިޓެޑްގެ ކްރިސް ސްމޯލިން އޮފްސައިޑްވުމުން ރެފްރީ އެއީ ލަނޑެއްކަމަށް ނުނިންމަ އެވެ.
މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗެއް ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި ނަތީޖާއާ އެކު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ވަނީ މެޗެއް އިތުރުވެފަ އެވެ.