English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލަޑޮވިޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބާސެލޯނާ އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނަ އަށް އެރީ 24 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ.އަދި ތިންވަނަގާއި އޮތް ރެއާލްމެޑްރިޑްއަށް ލިބިފައިވަނީ 45 ޕޮއިންޓެއެވެ.

މެޗްގައި ބާސެލޯނާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނެލްޓީ އަކުން ކެޕްޓަން ލިއޮނަލް މެސީއެވމިއީ މި ސީޒަންގައި މެސީ ބާސެލޯނާއަށް ކާމިޔާބުކޮށްދިން 30 ވަނަ ލަނޑެވެ.

މި މެޗްގައި ބާސެލޯނާއަށް ވަނީ އިތުރު ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފައެވެ. ވަލަޑޮވިޑްގެ ކީކޯ އޮލިވާސް މި މެޗްގެ ފަހު ހާފް ގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ޕެނަލްޓީ އޭރިޔާގެ ތެރެއިން ވައްޓާލުމުން ލިބުނު ޕެނަލްޓީ މެސީ ޖެހުމުން ވަލަޑޮވިޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ އަނެއް މެޗަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑް ވަނީ ރަޔޯ ވަޔެކާނޯ 1-0 ލަނޑުން ބަލިކޮށް ތާވަލްގެ ދެވަނަ މަގާމަށް ޖެހިލާފައެވ.

އެތުލެޓިކޯއިން ރަށުން ބޭރުގައި ކުޅުނު މެޗްގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދީފައިވަނީ އެންޓޮއިން ގްރިންޒްމަން އެވެ.